ދިވެހިރާއްޖެ
އިޢުލާން
މި ކޯޕަރޭޝަންގެ ދަށުން ގާއިމް ކުރެވިފައިވާ ބިޒްނަސް ސެންޓަރތަކަށް ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.
ބިޒްނަސް ސެންޓަރ ވިލިނގިލި (ގއ)
- 01 ޓްރެއިނިންގ ކޯޑިނޭޓަރ
މިވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
- މަޤާމާއި ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާސާއެއް ސިޓީ ގައި ހިމެނިފައިވާންވާނެއެވެ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް އަދި ޓްރާންސްކްރިޕްޓްގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
- ކުރިން މަސައްކަތްކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ) ގެ ކޮޕީ
މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 29 ޖަނަވަރީ 2020 ގެ 15:00 ގެ ކުރިން، ވަޒީފާއަށް އެދޭކަމަށް ބަޔާންކޮށް ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި މަގާމްތަކުގެ މަސްއޫލިއްޔަތު އަދި ޝަރުތުތައް މި އިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ވަޒީފާއަށް އެދި ސިޓީ ހުށަޅާނީ:
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)
ސަކީނާ މަންޒިލް 4 ވަނަ ފަންގިފިލާ، މެދުޒިޔާރަތް މަގު، މާލެ
ފޯނު: 3010569 (960)+
އީމެއިލް: [email protected]
ސިޓީއުރައިގެ ބޭރުގައި 'ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި އޮންނަންވާނެއެވެ.
ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.