ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ އާސާރީ ސަރަޙައްދުގައިހުރި ރުއްގަސް ކުއްޔަށް ދޫކުރުން

ނިލަންދޫ އާސާރީ ސަރަޙައްދުގައިހުރި މިދަންނަވާ ރުއްގަސް 5 (ފަހެއް) އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރަން މިއިދާރާއިން 8 ޖަނަވަރީ 2020 ގައި ކުރި ނަމްބަރު: (IUL)374-C/374/2020/03 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބުހުށަހެޅި ފަރާތުން އެ ހުށަހެޅުން ބާޠިލު ކުރުމަށް އެދިވަޑައިގަތުމާއި ގުޅިގެން އެ ހުށަހެޅުން ބާޠިލުކޮށް އެ ރުއްގަސް 5 (ފަހެއް) އަހަރަށް ކުއްޔަށް ދޫކުރުމަށް އަލުން އިޢުލާނުކުރަމެވެ.

(ހ) ފޯދުނު ދިވެހި  69 (ނަވަހައްޓި) ރުއް.

(ށ) ފޯދުނު ޖައުފާނު 7 (ހަތެއް) ރުއް.

(ނ) ފޯދުނު 5 (ފަހެއް) ބަނބުކެޔޮގަސް.

 

މި ރުއްގަސް ކުއްޔަށް ހިފުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މަހަކަށް 1,800/- (އެއްހާސް އަށްސަތޭކަ) ރުފިޔާ އެވެ.  އަދި މި ރުއްގަނޑު ކުއްޔަށް ދޫކުރާނީ އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ. 

މި ރުއްގަނޑާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން 2020 ޖަނަވަރީ 26 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނާނެއެވެ.

ވީމާ، މި ރުއްގަނޑު ކުއްޔަށް ނަންގަވަން ބޭނުންފުޅުވާ ބޭފުޅުން، " ނިލަންދޫ އާސާރީ ސަރަޙައްދުގެ ރުއްގަސް ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 2020 ޖަނަވަރީ 30 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ފޯމުތައް ބަލައެއްނުގަނެވޭނެއެވެ.

ރުއްގަނޑު ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތު ކަރުދާހާއި ރުއްގަނޑު ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމުމިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް އެ ލިއުންތައް ނެގެން ހުންނާނެއެވެ. މިއިދާރާގެ ފޭސްބުކް ޕޭޖުގެ އެޑްރެހަކީ: (fb id: Faafu Nilandhoo Council Idhaaraa) އެވެ. ވެބްސައިޓް އެޑްރެސް މި ކަރުދާހުގެ ތިރީބައިގައި ލިޔެފައިވާނެއެވެ.

25 ޖުމާދަލްއޫލާ 1441

20 ޖަނަވަރީ  2020

20 ޖަނަވަރީ 2020
ހޯދާ