ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ފާހާނާ ޢިމާރާތް ކުރުން

                                                           އިޢުލާން ނަންބަރ:04/IUL)GS-56/2020)

ބީލަން ހުށަހެޅުމުގެ ދަޢުވަތު

IUL)/GS-56/2020/01) ކުރި އިއުލާނަށް އެއްވެސް ފަރާތަކުން މައުލޫމާތު ސާފު ކުރުމަށް ދުރުވެފައި ނުވާތީވެ އަލުން އިއުލާންކުރުން.

  1. މި ސްކޫލްގައި 4 ފާހާނާ އެޅުމަށް ބޭނުންވާތީވެ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ޖެނުއަރީ 20 އިން 2020 ޖެނުއަރީ 22 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޖެނުއަރީ 22 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ޖެނުއަރީ   23 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
  5. ބީލަން ހުޅުވުން އޮންނާނީ 2020 ޖެނުއަރީ 29 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތުޅާދޫ ސްކޫލް

ބ. ތުޅާދޫ ،ދިވެހިރާއްޖެ

ފޯން: 6600136

އީ-މެއިލް: [email protected]

                                01 ޖުމާދުލްއާހިރާ 1441

                                19 ޖަނަވަރީ 2020  

19 ޖަނަވަރީ 2020
ހޯދާ