އެމް.އެން.ޔޫ. ބިޒްނަސް ސްކޫލް
ދިވެހިރާއްޖެ
ޕާރޓްޓައިމް ލެކްޗަރަރ އިން ހޯދުމަށް ކޮށްފައިވާ ނަންބަރ: (IUL)153-BS-HR/153/2020/1 އިއުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލުން.

އިޢުލާން

ޕާރޓްޓައިމް ލެކްޗަރަރ އިން ހޯދުމަށް ކޮށްފައިވާ ނަންބަރ: (IUL)153-BS-HR/153/2020/1 އިއުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލުން.

ނޯޓް: (IUL)153-BS-HR/153/2020/1 ނަންބަރ އިއުލާން އަށް ކުރިމަތިލައިފައިވާ ފަރާތުން އަލުން ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ.

ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް / މާލެ، ދިވެހިރާއްޖެ

އެމް.އެން.ޔޫ މާލެ، ސ. ހިތަދޫ، ގދ. ތިނަދޫ، ހދ. ކުޅުދުއްފުށި، ލ. ގަން ކެމްޕަސް އަދި ފ. ނިލަންދޫ، ރ.އުނގޫފާރު އޯ.އާރ.ސީ ގައި ކިޔަވައިދެއްވާނެ ޕާރޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

ދާއިރާ:

Accounting and Finance

Business

Marketing

Economics

Management and HR related fields

ޝަތުރު:

ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިގުރީ ހާސިލްކޮށްފައިވުން

އުޖޫރަ:

100 ނުވަތަ އެއަށްވުރެދަށް ލެވެލްގެ މާއްދާއެއް ނަމަ، ކިޔަވައިދެއްވާ ކޮންމެ ގަޑިއިރަކަށް -/200 ދިވެހިރުފިޔާ

300-200 ލެވެލްގެ މާއްދާއެއް ނަމަ، ކިޔަވައިދެއްވާ ކޮންމެ ގަޑިއިރަކަށް -/225 ދިވެހިރުފިޔާ

400-300 ލެވެލްގެ މާއްދާއެއް ނަމަ، ކިޔަވައިދެއްވާ ކޮންމެ ގަޑިއިރަކަށް -/275 ދިވެހިރުފިޔާ

500 ލެވެލްގެ މާއްދާއެއް ނަމަ، ކިޔަވައިދެއްވާ ކޮންމެ ގަޑިއިރަކަށް -/500 ދިވެހިރުފިޔާ

މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ސިޓީ އާއި އެކު ހުށައަޅަންޖެހޭ ތަކެތި

1-ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

2-ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3- ވަޒީފާއަށް އެދޭ ފޯމް (ލިންކް: https://bit.ly/379YZg2 )

4-ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މަޢުލޫމާތު

- ކުލާސްތައް އޮންނާނީ 2020 އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޖޫން މަހަށް ކަނޑައެޅޭ ތާވަލާ އެއްގޮތަށެވެ.

-މާލެއިން އެހެން ރަށްތަކަށް ވަޑައިގަންނަވާ ބޭފުޅުންގެ ކުލާސްތައް އޮންނާނީ ބުލެންޑެޑް މޯޑަށެވެ. އެއީ ފޭސްޓްފޭސް މޯޑުގެ އިތުރުން އޮންލައިން ކޮމްޕޯނަންޓެއް ހިމެނިގެންނެވެ. ކޮންމެ މާއްދާއަކަށް މަދުވެގެން 4 ދަތުރު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.

- މާލެއިން ނޫނީ އެހެން ރަށަކުން ދަތުރުކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުންގެ ދެކޮޅު ޓިކެޓު، ހުރުން އަދި ކެއުން ޔުނިވަރސިޓީއިން ހަމަޖައްސައިދޭނެއެވެ.

-މިމަޤާމްތަކަށް މީހުން ހޮވުމުގައި މިދާއިރާތަކުން ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

-އިތުރު މަޢުލޫމާތު ބޭނުންފުޅު ނަމަ މި ސްކޫލުގެ ނަމްބަރު 3345480 ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑި

22 ޖަނަވަރީ 2020 (ބުދަ) ދުވަހުގެ 14:00 ގެ ކުރިން  "ވަޒީފާއަށް އެދޭ ފޯމް" ފުރުއްވާ މި ސްކޫލްގެ ރިސެޕްޝަންއަށް ހުށަހެޅުން ނުވަތަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

     

19 ޖަނަވަރީ 2020

19 ޖަނަވަރީ 2020
ހޯދާ