ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަޖިސްޓްރީ ނުކުރާ ގޯތި ތަކާއިގުޅޭ

އިޢުލާން

 

ކެލާ ކައުންސިލް އިދާރާގެ ނަންބަރ (IUL)249-A/249/2018/28 އިން ހއ. ކެލާއިން މިހާތަނަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތި ތަކުގެ ތެރެއިން ރަޖިސްޓްރީ ނުކޮށްހުރި ގޯތިތައް ރަޖިސްޓްރީ ކުރުމަށްޓަކައި 02 މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރުމަށް އަންގާފައިވީނަމަވެސް، ގިނަ ފަރާތްތަކަކުން އަދިވެސް ގޯތިތައް ރަޖިސްޓްރީކޮށްފައިނުވާ ކަމުގައި ދަންނަވަމެވެ. އަދި މިއިދާރާގެ ނަންބަރ (IUL)249-A/249/2018/37 އިޢުލާންގެ މުއްދަތު 01 އޮކްޓޯބަރ 2018 އަށް ހަމަވެފައި ވީނަމަވެސް ގޯތި ރަޖިސްޓްރީ ނުކުރާ ގިނަ ފަރާތްތަކެއް ހުރިކަން ފާހަގަކުރަމެވެ. އަދި ބައެއް ފަރާތްތަކުން ގޯތި ރަޖިސްޓްރީ ކުރުމަށް ފޯމު ހުށަހަޅައި ރަޖިސްޓްރީ ކުރުމުގެ ކަންކަން ނުނިންމާ ހުރިކަންވެސް ފާހަގަކުރަމެވެ.

ވީމާ، 30 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ކުރިން، ރަޖިސްޓްރީ ނުކޮށްހުރި ގޯތިތައް ރަޖިސްޓްރީ ކުރުމަށް އަންގަމެވެ. މިއިޢުލާނާއިއެކު ގޯތި ރަޖިސްޓްރީ ނުކޮށްހުރި ފަރާތްތަކުގެ ލިސްޓް އާންމުކުރި ވާހަކަ ދަންނަވަމެވެ. އަދި މި މުއްދަތުގެ ނިޔަލަށް ރަޖިސްޓްރީ ނުކޮށްހުރި ފަރާތްތަކުގެ ގޯތިތައް އިތުރު އެންގުމަކާނުލާނެ ބާޠިލްކުރާނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

         

19 ޖަނަވަރީ 2020

 

19 ޖަނަވަރީ 2020
ހޯދާ