ދިވެހިރާއްޖެ
c
`
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ރ. ދުވާފަރު، ދިވެހިރާއްޖެ ނަމްބަރ: (IUL)304-EDS/304/2020/13
އިޢުލާން
ރ. ދުވާފަރު ގެތައް ރަޖިސްޓްރީ ކުރުމާއިބެހޭ:
ރ. ދުވާފަރު 25.07 ނަމްބަރުގޭ ރ. ކަނދޮޅުދޫ ސޭބޫގެ އަލްފާޟިލް އިބްރާހީމް ޢީސާ ގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ އޭނާގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅާފައިވާނަމަ އެކަން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މި އިދާރާއަށް އެންގެވުން އެދެމެވެ.
މި މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައި ނުވާނަމަ، އެފަދަ ކަމެއްނެތީ ކަމަށްބަލައި، ރ. ދުވާފަރު 25.07 ނަމްބަރުގޭ ރ. ކަނދޮޅުދޫ ސޭބޫގެ އަލްފާޟިލް އިބްރާހީމް ޢީސާ ގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
24 ޖުމާދަލްއޫލާ 1441
19 ޖެނުއަރީ 2020
އިޒްމީލް އަޙުމަދު
ރ. ދުވާފަރު ކައުންސިލްގެ މެންބަރ