މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ވަގުތީ ކޮމްޕިއުޓަރ ޓެކްނީޝަންގެ މަޤާމް

ވަޒީފާގެ ފުރުޞަޠު

ނަންބަރު: C15C-A/2020/01

 

 

ތާރީޚް: 19 ޖަނަވަރީ 2020

މަޤާމު

ކޮމްޕިއުޓަރ ޓެކްނީޝަން (ވަގުތީ)

ރޭންކް: އެމް.އެސް.1

ޢަދަދު

01

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1

މަސައްކަތް ކުރަންޖެހޭ ތަން

ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

-/5610ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް: 1,402/50 ރުފިޔާ

- ސަރވިސް އެލަވަންސް: -/2000ރުފިޔާ

- ލިވިންގ އެލަވަންސް: -/2550ރުފިޔާ  

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ޙާސިލުކޮށްފައިވުން، ނުވަތަ
  2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު GS 4 ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  • އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ކޮމްޕިއުޓަރ ނެޓްވަރކްތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި، ކުރިމަތިވާ މައްސަލަތައް ޙައްލުކުރުން.
  • އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ކޮމްޕިއުޓަރ ސިސްޓަމްތަކާއި، ޕްރިންޓަރތަކާއި، އައިޓީއާ ގުޅޭ އެހެނިހެން ތަކެއްޗަށް ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމާއި، ޙައްލު ނުކުރެވެވަރުގެ ކަންތައްތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  • އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ފޯލްޑަރ ސްޓްރަކްޗަރތައް އެއްގޮތަކަށް ބެހެއްޓުމަށްޓަކައި ދޭތެރެދޭތެރެއިން ޗެކްކޮށް ބެލެހެއްޓުން.
  • މޯލްޑިވްސް އީ.ކޯޓް މެޖޭންމަންޓް ސިސްޓަމް (މެމްސް) އާއި، ގަވަރމަންޓް އިލެކްޓްރޯނިކް މެއިލް މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) އާގުޅޭ ތަމްރީން ހޯދުމަށްފަހު، އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން މިދެ ސިސްޓަމްގެ ބޭނުންކުރެވޭ ކޯޓުތަކުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމާއި، ދިމާވާ މައްސަލަތަކުގައި މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ކޯޓުތަކުގައި ބޭނުންކުރާ އައި.ޓީ ތަކެއްޗާއި، ސޮފްޓްވެއަރތައް ބޭނުންކުރުމުގެ މަޢުލޫމާތުދީ އަންނަ ބަދަލުތަކަށް ހޭލުންތެރިކުރުވުން.
  • ކޯޓުގެ ފައިލް ސަރވަރ ބެކަޕް ނެގުން އަދި އަތޮޅުގެ އެހެން މެޖިސްޓްރޭޓް ކޯޓުތަކުގެ ފައިލް ސަރވަރ ބެކަޕް ނެގުން އަދި އަތޮޅުގެ އެހެން މެޖިސްޓްރޭޓް ކޯޓުތަކުގެ ފައިލް ސަރވަރ ބެކަޕް ނަގާކަން ކަށަވަރުކުރުން.
  • ކޯޓުންކުރާ ޙުކުމްތަކާއި، ޢަމުރުތައް ޢާންމުކުރުމަށްޓަކައި ކަނޑައެޅިފައިވާ އުޞޫލުން އެކަން ކުރުން.
  • ކޯޓް އެޑްމިނިސްޓްރޭޓަރ އަންގަވާ ގޮތެއްގެ މަތިން ކޯޓާއި، އަތޮޅުގެ އެހެން މެޖިސްޓްރޭޓް ކޯޓުތަކުގެ މަރާމާތު މަސައްކަތްތައް ކުރުމަށްޓަކައި އިޢުލާން ކުރުމާއި، މަޢުލޫމާތު ތައްޔާރުކުރުމާއި، ކަމާގުޅޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.
  • މަތީގައިވާ ކަންކަމުގެ އިތުރުންވެސް، ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކޯޓުގެ އިސްވެރިން ޙަވާލުކުރާ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުމާއި، ކޯޓުން ރާވާ އަދި ހިންގާ އެންމެހައި ކަންތައްތަކުގައި ބައިވެރިވެ އެކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީ)
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީ)
  5. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤަޢުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯރޓް.(އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީ)
  6. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ. (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީ)

ސުންގަޑި

2020 ޖަނަވަރީ 28 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ މަޤާމުގެ އެޕްލިކޭޝަން ށ.އަތޮޅުގެ މެޖިސްޓްރޭޓް ކޯޓަކަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މި ކޯޓުގެ ކައުންޓަރުންނާއި، މި އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ފާފުކުރެއްވުމަށް:

-         ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓް، ފޯން: 6540058

  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލްކުރެވޭނެއެވެ.
  • މި މަޤާމުގެ އިންޓަރވިއު 2020 ފެބުރުވަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ ވަޒީފާއަށް ކުރިމަތިލައްވާ ހުރިހާ ބޭފުޅުންވެސް އެމުއްދަތުގައި އިންޓަރވިއުއަށް ޙާޟިރުވެވޭގޮތަށް ތިއްބެވުމަށް ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑާއިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލު ގެނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް  ބެލޭނެ ކަންކަން

  • ކޮމްޕިއުޓަރ ޓެކްނީޝަން މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލުކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
  • ލިބިފައިވާ ތަޢުލީމް: 40%
  • މަސައްކަތުގެ ތަޖްރިބާ: 8%
  • އިންޓަރވިއު އާއި މަސައްކަތަށް ބޭނުންވާ ހުނަރަށް: 40%
  • ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފެއް ނަމަ އެފަރާތެއްގެ މަސައްކަތު އަޚްލާޤާއި ޕާފޯމަންސަށް 12%

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ދަތުރުކުރަން ޖެހިއްޖެ ޙާލަތެއްގައި ދަތުރުކުރެވޭނެފަދަ ޞިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ASP.NET އާއި MVC framework ގައި މަސައްކަތްކުރަން އެނގޭ، CCNA ޙާޞިލުކޮށްފައިވާ ފަރާތަކަށްވުން.
  • މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދިނުމާއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި އަމަލީތަޖުރިބާހުރި، ލީޑަރޝިޕް ދައްކާ، ނަތީޖާ ނެރެފައިވާ ފަރާތެއްކަމުގައިވުން.
  • މަސައްކަތާއި ގުޅޭގޮތުން ދާއިރާގެ ކޯޓުތަކަށް ހިންގޭ ކުރު ތަމްރީނު ޕްރޮގްރާމްތައް ރާވާ ހިންގުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
19 ޖަނަވަރީ 2020
ހޯދާ