އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރިޔާދުގޭ ކެންޓީން ކުއްޔައް ނަގަންބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން:

އިޢުލާން

މަރިޔާދުގޭ ކެންޓީން ކުއްޔައް ނަގަންބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން:

މިރަށު ބަނދަރައް ކުރިމަތިކޮއް ހަދައިފައހުރި މަރިޔާދުގެ ކެއްޓީންކުއްޔައް ނަގަން ބޭނުންވާފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ކޮށްފައިވާ ނަމްބަރު: (IUL)342/INDIV/2019/134  (16 ޑިސެމްބަރ 2019)ގައި ކޮށްފައިވާ އިޢްލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

              ވީމާ މިފަދަ ކަންކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

21 ޖަނަވަރީ 2020

އަންގާރަ

މެންދުރު ކުރި 11:00

ޕްރޮޕޯސަލް ހުށަހެޅުން

28 ޖަނަވަރީ 2020

އަންގާރަ

މެންދުރު ކުރި 11:00

       

              މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެ ވަޑައި ނުގަންނަވާ ފަރާތް ތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ. މިމަސައްކަތުގެ މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަނެވޭނެ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް އެފަރާތުގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގަނެވިދާނެއެވެ.

                      މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003)  ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ  ޖަމާޢަތްތަކަށެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑާއިގަންނަވާއިރު ކުންފުނީގެ  ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ ޖަމާޢަތުގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.

                       މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                  21 ޖުމާދިލްއައްވަލު 1441

                     16 ޖެނުއަރީ 2020

16 ޖަނަވަރީ 2020
ހޯދާ