ދިވެހިރާއްޖެ
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ހިންނަވަރު، ދިވެހިރާއްޖެ.
އިޢުލާން
ވޯޓަރ ސްޕޯރޓްސް ސެންޓަރ އަކާއި ޑައިވިންގ ސްކޫލެއް ހިންގުމަށް ބިން ދޫކުރުމާއި ބެހޭ:
ޅ. ހިންނަވަރު ރީތި ބީޗް ސަރަޙައްދުގައި ވޯޓަރ ސްޕޯރޓްސް ސެންޓަރަކާއި ޑައިވިންގ ސްކޫލެއް ހިންގުމަށް ބިން ކުއްޔަށް ހިފުމަށް ފުރުޞަތު ހުޅުވާލައިފީމެވެ. މިގޮތުން މި ސަރަޙައްދުން ދޫކުރެވޭނީ ހިންނަވަރު ލޭންޑް ޔޫސް ޕްލޭންގައި ފާހަގަ ކޮށްފައިވާ ޓުއަރިޒަމް ޒޯނުގެ އިރުން އޮތް ހުސްބިމުން 2000 އަކަފޫޓްގެ 2 ބިމެވެ. މި ފުރުޞަތުގެ ދަށުން ބިން ކުއްޔަށް ހިފުމުގެ ފުރުޞަތު ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށް އަދި ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށް ވަނީ ހުޅުވާލެވިފައެވެ.
މި ސަރަޙައްދުން ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށެވެ. މި ބިންތައް ކުއްޔަށް ހިފުމަށް ހުށަހެޅޭނީ އަކަފޫޓަކަށް 90 ލާރިއަށްވުރެ ކުޑަނޫން އަދަދެކެވެ.
ބިން ކުއްޔަށް ދޫކުރުމާއި ބެހޭގޮތުން ކައުންސިލް އިދާރާއިން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް 19 ޖެނުއަރީ 2020، ވާ އާދިއްތަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން މެންދުރުފަހު 14:00 އަށް ހިންނަވަރު ކައުންސިލް އިދާރާއިން ލިބެންހުންނާނެއެވެ.
ވީމާ، މި ބިންތައް ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތްތަކުން 29 ޖެނުއަރީ 2019 ވާ ބުދަ ދުވަހުގެ 11:00 އަށް ހިންނަވަރު ކައުންސިލްގެ އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ވޯޓަރ ސްޕޯރޓްސް ސެންޓަރ / ޑައިވިންގ ސްކޫލް ހިންގުމަށް ބިން ކުއްޔަށް ހިފުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.
މިކަމާއި ބެހޭގޮތުން ހުށާހަޅާ ޕްރޮޕޯސަލްތައް ހުށަހެޅުމުން ހަމަޖެހިފައިވާ އުސޫލުން އެންމެ ގިނައިން ޕޮއިންޓް ލިބޭ ފަރާތްތަކަށް އެ ބިންތައް ކުއްޔަށް ދޫކުރެވޭނެ ވާހަކަ ދެންނެވީމެވެ.
21 ޖުމާދަލްއޫލާ 1441
16 ޖެނުއަރީ 2020