ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައި ބޭއްވުނު އެސްއެސްސީ އަދި ކެމްބްރިޖް އޯލެވެލް/އައިޖީސީއެސްއީ އިމްތިޙާނުގެ ނަތީޖާ ސްލިޕް (ސްޓޭޓްމަންޓް އޮފް ރިސަލްޓްސް) ދޫކުރުން

ނަންބަރު: (IUL)120/1/2020/6 ) 


އިޢުލާން

2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައި ބޭއްވުނު އެސްއެސްސީ އަދި ކެމްބްރިޖް އޯލެވެލް/އައިޖީސީއެސްއީ އިމްތިޙާނުގެ ނަތީޖާ ސްލިޕް (ސްޓޭޓްމަންޓް އޮފް ރިސަލްޓްސް) ދޫކުރުން

2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައި ބޭއްވި އެސްއެސްސީ އަދި ކެމްބްރިޖް އޯލެވެލް/އައިޖީސީއެސްއީ އިމްތިޙާނުގައި މިޑިޕާޓްމަންޓު މެދުވެރިކޮށް އަމިއްލަ ގޮތުން ބައިވެރިވި ކެނޑިޑޭޓުންގެ ނަތީޖާ ސްލިޕް 2020 ޖެނުއަރީ 19 ވަނަ ދުވަހުން ފެށިގެން 2020 ފެބްރުއަރީ 06 ގެ ނިޔަލަށް މިޑިޕާޓްމަންޓުން ދޫކުރާނެއެވެ. ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 0830 ން 1330 އަށެވެ.

މިޑިޕާޓްމަންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ އާ ޙަވާލުވުމަށް އަންނައިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ.ކާޑާއި، ޙަވާލުވާ ފަރާތުގެ އައިޑީކާޑު ގެންނަންވާނެއެވެ.

ނަތީޖާ ރީޗެކް ކުރުމަށް ބޭނުންވާ ކެންޑިޑޭޓުން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު 2020 ފެބްރުއަރީ 13 ވަނަ ދުވަހުގެ 1200 ގެ ކުރިން ހުށަހެޅުން އެދެމެވެ. ސެންޓަރެއް މެދުވެރިކޮށް އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުން ރީޗެކް ކުރުމަށް ހުށަހަޅާނީ އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކަށެވެ.

 

20 ޖުމާދިލް އައްވަލު 1441

15 ޖެނުއަރީ      2020

16 ޖަނަވަރީ 2020
ހޯދާ