ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ލިނެން ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމަށް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ލިނެން ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމަށް 30 ޑިސެމްބަރ 2019 ވަނަ ދުވަހު ކުރެވުނު ނަމްބަރ (IUL)S2-HRH-AHR/1/2019/22 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ޑޮކިއުމަންޓް ހުށަހަޅުއްވާފައި ނުވާތީ އެޢިއުލާން ބާތިލްކޮށް އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ. މި ބީލަމުގައި ބައިވެރިވުމަށް ޝައުޤްވެރިވާ ފަރާތްތަކުން 16 ޖެނުއަރީ 2020 އާއި 21 ޖެނުއަރީ 2020 އާއި ދެމެދު ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އޮފީހަށް ވަޑައިގެން ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 26 ޖެނުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމުން މަޢުލޫމާތު ޝީޓްގެ ކޮޕީއެއް ލިބިލައްވާނެއެވެ. މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމަތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 21 ޖެނުއަރީ 2020 ވަނަ ދުވަހުގެ 14:00ގައ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކޮންފަރެންސް ހޯލްގައި އޮންނާނެއެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

15 ޖަނަވަރީ 2020
ހޯދާ