ދިވެހިރާއްޖެ
އިޢުލާން |
|||||
މަޤާމް: |
ސީނިއަރ ފައިނޭންސް އޮފިސަރ |
||||
މަޤާމުގެ ނަންބަރު: |
J-318184 |
||||
ބޭނުންވާ އަދަދު: |
1 (އެކެއް) |
||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||
މަޤާމުގެ ރޭންކް: |
އެމް.އެސް 3 |
||||
މަޤާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
||||
ޑިޕާޓްމަންޓް / ސެކްޝަން: |
ކޯޕަރޭޓް ޑިޕާޓްމަންޓް / ފައިނޭންސް ސެކްޝަން |
||||
މަގާމު އޮތް އޮފީސް: |
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) |
||||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ކޯޕަރޭޓް ޑިޕާޓްމަންޓް / ފައިނޭންސް ސެކްޝަން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) |
||||
މުސާރަ: |
މަހަކު -/7035 ރުފިޔާ |
||||
ސަރވިސް އެލަވަންސް: |
މަހަކު -/2000 ރުފިޔާ |
||||
އެހެނިހެން އެލަވަންސް: |
1. ޓެކްނިކަލް ކޯ އެލަވަންސް: އަސާސީ މުސާރައިގެ 28%. ނުވަތަ ސަޕޯޓިންގ ކޯ އެލަވަންސް: 900/- ރުފިޔާ (މަހަކު) 2. ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35. 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ބަޖެޓްގެ އައިޓަމްތަކުން ކުރާ ޚަރަދުތައް ދުވަހުން ދުވަހަށް ބާކީކޮށް، ހަމަޖެހިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް ބެލެހެއްޓުމާއި، މަހަކު އެއްފަހަރު މިނިސްޓްރީ އޮފް ފިނޭންސް އަށާއި އޯޑިޓް އޮފީހަށް ފޮނުވަންޖެހޭ ރިޕޯޓްތައް ޤަވާޢިދުން ފޮނުވުމުގެ ކަންތައްތައް ކުރުވުން. 2. މިނިސްޓްރީގެ ޕެޓީކޭޝް ފައިސާ މާލިއްޔަތުގެ ޤަވާޢިދުގައި ވާ ގޮތުގެ މަތިން ބެލެހެއްޓުމާއި އެކަމާބެހޭ ރިޕޯޓް ޤަވާއިދުން ފޮނުވުމުގެ ކަންތައްތައް ކުރުވުން. 3. މިނިސްޓްރީގެ އާމްދަނީ ފައިސާ މާލިއްޔަތުގެ ޤަވާޢިދުގައި ވާ ގޮތުގެ މަތިން ބަލައިގަނެ، ތިޖޫރީއަށް ލުމާއި، އާމްދަނީ ފައިސާއާއި ތިޖޫރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަން ޖެހޭ މުއްދަތުގައި ފޮނުވޭތޯ ޗެކް ކުރުވުން. 4. ދަޢުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުވާ ބެލެހެއްޓުވުން. 5. މިނިސްޓްރީ އިން ކޮންމެ މީލާދީ އަހަރަކަށް ތައްޔާރުކުރަންޖެހޭ ލަފާކުރާ ބަޖެޓް ތައްޔާރު ކުރާނެ ގޮތުގެ މަޢުލޫމާތު ދީ، ސެކްޝަންތަކުގެ މަޝްވަރާ އާއި އެކު ތައްޔާރުކޮށް، ހަމަޖެހިފައިވާ މުއްދަތުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް ފޮނުވުން. 6. ފައިނޭންސް ސެކްޝަންގެ އެންޓްރީ ރައުޓް ކުރުމާއި، ސްޓޭޓަސް ބެލުން. 7. މިނިސްޓްރީއިން ހަދާ ޕީއޯ ތަށް ރިލީސް ކުރުން. 8. މިނިސްޓްރީއާއި އޮޑިޓް އަދި ފިނޭންސް މިނިސްޓްރީގެ ބައްދަލުވުންތަކަށް ޤަވާއިދުން ހާޒިރުވުން. 9. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބަލާ ފޯމް ފުރިހަމަކުރުން. 10. 1224 ގެ ޕޭމަންޓް ވައުޗަރ ތަކާއި އަދި ބަޖެޓުން ޚަރަދުކުރުމަށް އެދޭ ފޯމް ތަކުގައި ބެލެންސް ޖެހުން. (3000 އާއި 8000އާއި ދެމެދު ގެ އަދަދަކަށް ފޯމް) 11. ބޭރުގެ އެހީ ލިބިގެން ޚަރަދުކުރާ އެކައުންޓްތަކުގެ ޚަރަދު ރިޕޯޓް ހެދުން އައުޓްސްޓޭންޑިންގ ސްޓޭޓްމަންޓްތަކުގެ ބިލްތަކަށް ފައިސާ ދެއްކިފައިވޭތޯ ޗެކްކުރުން. 12. މިނިސްޓްރީ އިން ކޮންމެ މީލާދީ މަހަކު ތައްޔާރުކުރަންޖެހޭ ޚަރަދު ރިޕޯޓްތައް ތައްޔާރުކޮށް، ހަމަޖެހިފައިވާ މުއްދަތުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް ފޮނުވުން. 13. މިނިސްޓްރީ އިން ތައްޔާރު ކުރާ ޕޭމަންޓް ވައުޗަރ ރަޖިސްޓްރީއާއި ޚަރަދު ރިޕޯޓް ތައް މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް މަހުންމަހަށް ސެޕްސިސްޓަމާއި ރިކޮންސައިލް ކުރުން. 14. ބިޒްއޭރިޔާ 1224 ގެ ބަޖެޓް ގައި ޚަރަދު ކުރުމަށް ބޭނުންވާ ވަރަށް ކޯޑުތަކުގައި ފައިސާ ހުރިތޯ ދުވަހުން ދުވަހަށް ޗެކް ކުރުން. ބިޒްއޭރިޔާ 1224 ގެ ބަޖެޓް ބެލެންސް އަށް ފައިސާ އިތުރު ކުރަންޖެހޭ ކޯޑުތަކަށް ފައިސާ އިތުރުކޮށްފަ ހުރިތޯ އާއި، އަދި ޚަރަދުތައް ކުރުމަށް ބޭނުންވާ ވަރަށް ފައިސާ ހުރިތޯ ޗެކްކުރުން. 15. ޕޭމަންޓް ވައުޗަރ ތައް ޗެކް ކުރުން. 16. ވެންޑަރ ބެލެންސް ކޮންފޮމޭޝަން ތައް ތައްޔާރުކޮށް ވެންޑަރއިންނަށް ފޮނުވުމާއި ވެންޑަރއިންގެ ފޯންކޯލްތަކަށް ދުވަހުން ދުވަހަށް ޖަވާބުދާރީވުން. 17. އޮޑިޓް ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދައި އެފަރާތަށް ޙަވާލުކުރުން. އޮޑިޓް އަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމާއި އެފަރާތުން ބޭނުންވާ ލިޔެކިޔުންތައް ހޯދައި އެފަރާތަށް ޙަވާލުކުރުން. 18. ޖޭވީ ތައްޔާރު ކުރަން ޖެހޭ ކޯޑުތައް މަހުން މަހަށް ސެޕްސިސްޓަމް ޗެކްކޮށް ޖޭވީ ހެދުމަށްޓަކައި ހަވާލު ކުރުމާއި، ޖޭވީ ސިސްޓަމްއަށް އެންޓަރ ކުރޭތޯ ޔަޤީން ކުރުން.
|
||||
މަޤާމުގެ ޝަރުޠުތައް: |
1. ފައިނޭންސް ނުވަތަ އެކައުންޓިންގ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، ފައިނޭންސް ނުވަތަ އެކައުންޓިންގ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2. ފައިނޭންސް ނުވަތަ އެކައުންޓިންގ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން. |
||||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.) 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
||||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް: |
ދާއިރާ |
ތަފްޟީލް |
މާކްސް |
އިންސައްތަ (%) |
ކެޓަގަރީގެ ޖުމްލަ އިންސައްތަ |
ތަޢުލީމާއި ތަމްރީން
|
ލިބިފައިވާ ތާޢުލީމު |
85 |
30 |
35 5 |
|
މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން |
30 |
5 |
|||
އިމްތިޙާން |
"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން" |
12 |
5 |
5 |
|
މަސައްކަތުގެ ތަޖުރިބާ |
މާގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ |
28 |
15 |
15 |
|
ލިބިފައިވާ ހުނަރު |
އިންޓަރވިއު އަދި ޕްރެޒެންޓޭޝަން / ޕްރެކްޓިކަލް |
100 |
45 |
45 |
|
ޖުމްލަ |
255 |
100 |
100 |
||
ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ %45 (ފަންސާސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ. |
|||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ކައުންޓަރުން އަދި މިމިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ލިބެން ހުންނާނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||
ޝޯޓްލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރިއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||||
އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 01 ފެބުރުވަރީ 2020 އާއި 23 ފެބުރުވަރީ 2020 އާއި ދެމެދު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ. |
||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެވެ. |
||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4004717 ނަންބަރު ފޯނަށް ނުވަތަ 4004707 ނަންބަރު ފޯނަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |
|||||
20 ޖުމާދުލްޢޫލާ 1441 15 ޖަނަވަރީ 2020 |