ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި ކުންފުނީގެ މި ދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމު: ސެކަންޑް އޮފިސަރ
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް
ބޭނުންވާ އަދަދު: 01
އަސާސީމުސާރަ: ދެފަރާތުން އެއްބަސްވާ ގޮތުގެމަތިން ހަމަޖައްސައިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭތަން: މވ. ބޮންތި 2
އެހެނިހެން އިނާޔަތްތައް
- ފިކްސްޑް އޯވަރޓައިމް އެލަވަންސް
- ފޮކްސްޑް އިންޓަނޭޝިނަލް ވޯޓާރ އެލަވަންސް
- ލީވް ވޭޖް (ކޮންޓްރެކްޓް ފުރިހަމަކުރުމުން)
މަޤާމްގެ މަސްއޫލިއްޔަތު
- ނިއަމިކަން ކުރުން އަދި ކާގޯ އަރުވާ ބޭލުމުގެ ކަންތައްތައް ބެލެހެއްޓުން
- ބޯޓްގެ ސަލާމަތީ ސާމާނު މާސްޓަރ އަންގާ ގޮތެއްގެމަތިން ބެލެހެއްޓުން
- ފަޅުވެރިންނާއި، ބޯޓާއި މުދާ ރައްކާތެރިކޮއް ބެލެހެއްޓުން
ފެންވަރު ނުވަތަ ޝަރުތު
- ސެޓުފިކެޓު އޮފް ކޮންޕީޓެންސީ ލިބިފައިވުން
- މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ގަވައިދާ އެއްގޮތަށް ހޯދަންޖެހޭ ސެޓްފިކެޓްތަކާއި އަދި ސް.ޓީ.ސީ.
“W convention” ދަށުން ހަދަންޖެހޭ ތަމްރީންތައް ހަދާފައިވުން
އެހެނިހެން ހުނަރު / ތަޖުރިބާ
- މަދުވެގެން 3 އަހަރު ބޯޓު ފަހަރުގަ ނެވިގޭޝަނަލް ޑިއުޓީ އަދާ ކުރަންޖެހޭ މަގާމެއްގައި އުޅެފާއިވުން
- ގިނަވަގުތު މަސައްކަތުގައި އުޅެވޭސިއްހަތު ރަގަޅު މީހެއް ކަމުގައިވުން
އެހެނިހެން ޑޮކިއުމެންޓްސް
- މުއްދަތު ހަމަނުވާ ޕާސްޕޯރޓް
- ސީ.ޑީ.ސީ
- މެޑިކަލް ފިޓްނަސް ސެޓްފިކެޓް
ސުންގަޑި
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2020 ޖަނަވަރީ 21 ވާ އަންގާރަ ދުވަހުގެ 12:30 ގެ ކުރިން އެސްޓީއޯ ހެޑް އޮފީހަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި، އެސްޓީއޯ ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.
ނޯޓް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
- މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
- ގުޅޭނެ ނަންބަރު:3344245 / އީމެއިލް އެޑްރެސް:[email protected]
14 ޖަނަވަރީ 2020
