ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

                  މި އިދާރާގެ އިޢުލާނު ނަންބަރ (IUL)387/387/2019/78 (26 ޑިސެމްބަރ 2019) އާއި (IUL)387/387/2020/01 (08 ޖަނަވަރީ 2020) އާއި ގުޅިގެން އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ މި މަސައްކަތްތައްކޮށްދެއްވާނެ ފާރާތެއްހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

  1. ތަސްވީރު އަތިރީގައި ހުރި 2 ކުޑަ، 1 އުނދޯލިގޭ މިހާރުޖަހާފައިވާ ފަން ބަދަލްކޮށް އައު ފަންލުން އަދި އިތުރު މަރާމާތުކުރުން
  2. މިއިދާރާއިން ދައްކާ ތަނެއްގައި ތަސްވީރު އަތިރީގައި ވަޅެއް ރާނައި ފައްތައި، ފެންވެރޭނެ ގޮތައް މާގަނޑެއް ހަރުކުރުން.
  3. ފެން މޯޓަރު ބެހެއްޓުމަށް ތަންކޮޅެއް ރާނައި، ކަރަންޓް ވައިރު މޯޓަރަށް ގުޅައި، ފެންވަރާން ހުންނާނެ ތަޅުންކޮޅެއް އަޅައި ތަށިމުށިޖެހުން.

               ވީމާ، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.  

 

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

19 ޖަނަވަރީ 2020  ވާ އާދިއްތަ ދުވަހުގެ 11:00

29 ޖެނުއަރީ 2020 ވާ ބުދަ ދުވަހުގެ 11:00

 

            މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

                    19 ޖުމާދުލް އޫލާ 1441

14 ޖަނަވަރީ 2020
ހޯދާ