މަޤާމް:
|
އެސިސްޓެންޓް ޑިރެކްޓަރ
|
މަޤާމް ނަންބަރު:
|
J-251798
|
ބޭނުންވާ ޢަދަދު:
|
1 (އެކެއް)
|
މަޤާމު ގިންތި
|
ދާއިމީ
|
މަޤާމު ރޭންކް:
|
އެމް އެސް. 3
|
މަޤާމު ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޑިރެކްޓަރ
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
|
މުސާރަ
|
7035/- ރުފިޔާ (މަހަކު)
|
ސަރވިސް އެލަވަންސް:
|
-/2000 ރުފިޔާ (މަހަކު)
|
ސަޕޯޓިންގ ކޯ އެލަވަންސް:
|
-/900 ރުފިޔާ (މަހަކު)
|
ފޯން އެލަވަންސް:
|
350/- ރުފިޔާ (މަހަކު)
|
އެހެނިހެން އެލަވަންސް:
|
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތާއި ވާޖިބުތައް:
|
- 1. އެޑްމިނިސްޓްރޭޝަންއާއި ގުޅޭ އެންމެހާ މަސައްކަތްތައް ބަލާ ވިލަރެސްކުރުން.
- ޔުނިޓްގެ އިސް މުވައްޒިފުގެ ހައިސިއްޔަތުން މުވައްޒަފުންގެ މަސައްކަތްތައް ސްޕަރވައިސްކުރުން
- އާއަހަރަށް ލަފާކުރާ ބަޖެޓް އެކުލަވާލާ ކައުންސިލްގެ ލަފާގެމަތީން ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ބަޖެޓް ޔައްޔާރުކޮށް ބަޖެޓް ފާސްކުރުން
- މާލިއްޔަތު ޤަވާއިދު 2017 ޤާނޫނު މާއްދާ 15.02 އެނެކްސް MG/BC20 ގައިވާ ކައުންސިލްގެ މާލީ ބަޔާން ކަނޑައަޅާފައިވާ ފޯމެޓްގައި ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ/ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން.
- މާލިއްޔަތު ޤަވާއިދު 2017 ޤާނޫނު މާއްދާ 15.04 (ހ) (ށ) އެނެކްސް MG/RV01 ގައިވާ ކައުންސިލަށް ފައިސާ ލިބޭ ކަންތައްތަކުގެ ރަޖިސްޓްރީ އެއް ޤަވާއިދުގައިވާ ފޯމެޓާއި އެއްގޮތަށް ތައްޔާރުކޮށް މިލިސްޓް ކައުންސިލްގެ ފައިނޭންސް ބަލަހައްޓާ ސިސްޓަމުގައި އުނި އިތުރުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ކައުންސިލަށް ލިބޭ ސިޓީ މެސެޖް ބިލް ފަދަ ތަކެތިއެންޓްރީ ކުރުމުގެ އެންމެހާ މަސައްކަތް.
- ކައުންސިލް އިދާރާގެ ދުވަހު ޔައުމިއްޔާ ލިޔެ ދުވަހުން ދުވަހަށް ފައިލްކުރުމާއި ގުޅޭ ކަންކަން
- އެކިއެކި އިދާރާތަކަށް ފޮނުވަންޖެހޭ ސިޓީ މެސެޖް ލިޔުންތަކަށް ޖަވާބު ފޮނުވުން.
- ކައުންސިލްގެ ބިލިންގ ސިސްޓަމް މަހަކު އެއްފަހަރު މައުލޫމާތު ކަށަވަރުކޮށް ރިކޮންސައިލް ކުރުން.
- ކައުންސިލްގެ ބެންކް އެކައުންޓްތަށް މަހަކު އެއްފަހަރު ޗެކްކޮށް ރިކޮންސައިލް ކުރުން.
- ދައުލަތުގެ ބަޖެޓުން ގްރާންޓްގެ ގޮތުގައި ލިބޭ ފައިސާގެ ހިސާބުތަށް ބެލެހެއްޓުމާއި އެކު އެ ފައިސާ ކައުންސިލްގެ އެކައުންޓަށް ގެނައުމުގެ އެންމެހައި ކަންކަން ކުރުން.
- ފައިސާ އާއި ގުޅޭ ރިޕޯރޓްތަށް އެލް.ޖީ.އޭ އިން ކަނޑައަޅާފައިވާ ފޯމެޓަށް ތައްޔާރުކޮށް މަހުން މަހަށް ފޮނުވުން.
- 2. ފައިނޭންސް އާއިގުޅޭ މަސައްކަތްތައް
- ފައިސާ ލިބޭ ކަންތައްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން
- ލިބޭ ފައިސާ ބަލައިގަތުމާއި ރަސީދު ދިނުން.
- ލިބޭ ފައިސާ ދުވަހު ފޮތް ބެލެހެއްޓުން
- ލިބޭފައިސާގެ މަސްދުވަހުގެ ތަފްސީލް/ ލަފާކުރާ ޢާމްދަނީގެ އެންމެ ފަހުގެ ސްޓޭޓްމަންޓް ތައްޔާރުކޮށް ރިޕޯޓްކުރުން
- ކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް ކުރުން.
- ތިޖޫރީ ބަލަހައްޓާ ތިޖޫރީ ރިޕޯޓް ތައްޔާރުކުރުން.
- ދުވަހުން ދުވަހަށް ލިބޭ ފައިސާ ކައުންސިލްގެ އެކައުންޓަށް ޖަމާކުރުން.
- ގައުމީ އިދާރާތަކަށް ޖަމާކުރުމަށްޓަކައި ކައުންސިލް މެދުވެރިކޮށް ލިބޭ ފައިސާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރުން.
- ލަފާކުރާ އާމްދަނީގެ ކޭޝްފްލޯ ސްޓޭޓްމަންޓް ތައްޔާރުކުރުން.
- ކޮންމެ މަހެއްވެސް ނިމުމުން އެމަހެއްގެ ހަރަކާތްތަށް ހިމެނޭ ފައިނޭންސިއަލް ސްޓޭޓްމަންޓްތައް ތައްޔާރުކުރުން.
- މަހަކު އެއްފަހަރު ކައުންސިލަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް އެމަހުގެ ބިލް ތައްޔާރުކޮށް ފޮނުވުން އަދި ހުރިހާ ފަރާތަކަށް ބިލް ލިބުނުކަން ކަށަވަރުކުރުން.
- ކައުންސިލްގެ ހިދުމަތަށް އެދޭ އެންމެހާ ފަރާތްތަކުގެ މައުލޫމާތު ފުރިހަމައަށް ރައްކާކޮށް ބެލެހެއްޓުން.
- ކައުންސިލްގެ ބަލްކް އެސް.އެމް.އެސް ޕޯޓަލްބެލެހެޓުން.
- 3. ހިއުމަން ރިސޯސަސްއާއި ގުޅޭ އެންމެހާ މަސައްކަތްތައް
- މުވައްޒަފުންގެ ޗުއްޓީ، ސަލާމުގެ އެންމެހާ ކަންކަން ބެލެހެއްޓުން
- ކައުންސިލް އިދާރާގެ އޮނިގަނޑުގައިވާ ދާއިމީ މުވައްޒަފުންނާއި / ކޮންޓްރެކް / ވަގުތީ މުވައްޒަފުން ނެގުމުގެ އެންމެހާ މަސައްކަތްތައްކުރުން.
- އެޗް.އާރް.އެމް.ޑީ ކޮމިޓީގެ އެންމެހާ މަސައްކަތްތައް،
- މުވައްޒަފުންގެ ޙާޟިރީއާއި ގުޅޭ އެންމެހާ މަސައްކަތްތައް،
- މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތްތައް،
- ސްޓާފް މީޓިން ތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި ގުޅޭ ކަންކަން
- މުވައްޒިފުން ތަމްރީންކުރުމާއި ގުޅޭ އެންމެހާ ކަންކަން.
- މުވައްޒިފުންނަށް މުސާރަ ދިނުމަށްޓަކާ މަހުންމަހަށް ކުރަންޖެހޭ އެންމެހާ ކަންކަން.
- 4. ޕްރޮކިއުމެންޓްގެ މަސައްކަތްތައް
- ކައުންސިލްގެ ސްޓޮކް ބެލެހެއްޓުމާއި ގުޅޭ ކަންކަން.
- ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ގުޅޭ ކަންކަން.
- ސަޕްލަޔަރުންނާއިއެކު އެގްރިމެންޓް/ އެއްބަސްވުން ތައްޔާރުކުރުމާއި ގުޅޭ ކަންކަން.
- ކައުންސިލުން ހިންގުމަށް ނިންމާ ޕްރޮޖެކްޓް ތަކުގެ ބިޑިންގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން
- ކައުންސިލަށް ހޯދަންޖެހޭ އެންމެހާ ހިދުމަތްތަކާއި ތަކެތި ހޯދުމުގައި ކުރަންޖެހޭ ކަންކަން.
- 5. އިންފޮރމޭޝަން ޓެކްނޮލޮޖީއާއި ގުޅުންހުރި މަސައްކަތް.
- o ކައުންސިލްގެ އިންޓާނަލް ނެޓްވޯކް ބެލެހެއްޓުން
- ސާވާރޫމް ބެލެހެއްޓުން
- ފޯން ނެޓްވޯކް ބެލެހެއްޓުން
- އައިޓީ ހާޑްވެޔާތަކުގެ ހެލްޓް ޗެކްކޮށް ސަރވިސްކުރުން
- ކައުންސިލަށް ބޭނުންވާ އެޕްލިކޭޝަންތަށް ޑިވެލޮޕްކުރުން
- ރަށުގެ ކޭބަލްޓީވީ ނެޓްވޯކް ބެލެހެއްޓުން
- ރަށުގެ މަގުބައްތި ނެޓްވޯކް މަރާމާތުކޮށް ބެލެހެއްޓުން
- 6. ޕަބްލިކް ރިލޭޝަންސް އެންޑް މީޑިޔާ
- ކައުންސިލްގެ ވެބްސައިޓް ކޮންޓެންޓް އަޕްޑޭޓްކޮށް ބެލެހެއްޓުން
- ކައުންސިލްގެ ފޭސްބުކް ޕޭޖް، ޓްވިޓާ އެކައުންޓް އަޕްޑޭޓްކޮށް ބެލެހެއްޓުން
- ކައުންސިލްގެ ޕްރެސް ބްރީފިންތަށް އޮގަނައިޒްކޮށް ޕްރެސް ރިލީޒްތަށް މީޑިޔާގައި ޝާއިއުކުރުން
- ރަށުގައި ހިންގާ ކަންކަމާ ގުޅޭގޮރުން ތައްޔާރުކުރަންޖެހޭ ހަބަރާއި މައުލޫމާތު ތައްޔާރުކޮށް މީޑިޔާ އަދި ކައުންސިލްގެ ވެބްސައިޓްގައި ސާއިއުކުރުން
- ރަށަށް ވަޑައިގަންނަވާ ވަފުދުތަކުގެ މެހެމާންދާރީގެ އެންމެހާ ކަންކަން ރާވާ ހިންގުން
|
މަޤާމުގެ ޝަރުތުތައް:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށުގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް ސިވިލް ސަރވިސްގެ ކޮމިޝަންގެ ވެބްސައިޓުން އަދި މިކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮޓޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖޭއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
- މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
(ހ) ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ވަޒީފާގެ ދާއިރާގެ ޓެކްނިކަލް އަދި ޕްރޮފެޝަނަލް މަސައްކަތުގެ މައުލޫމާތު ލިބިފައިވާ މިންވަރ()
- މަސައްކަތް ރޭވުމާއި ހިންގުމުގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ މިންވަރާއި ލިބިފައިވާ ތަޖުރިބާ (15%)
- މުވައްޒަފުންނާއެކު ގުޅިގެން މަސައްކަތް ކުރުމާއި ލީޑަރެއްގެ ގޮތުން މަސައްކަތް ކުރުމުގެ ގާބިލްކަން (30%)
- ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ގާބިލްކަން (30%)
- ރިސޯސް މެނޭޖްކުރުމާއި މުދަލާއި ފައިސާ ބެލެހެއްޓުން (10%)
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅާންޖެހޭ ތަކެތި ހުށަހަޅާނީ 2020 ފެބްރުއަރީ 12 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން، އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް: [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2020 ފެބްރުއަރީ 13 އާއި 2020 ފެބްރުއަރީ 19 އާއި ދެމެދު އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާގައެވެ. ނުވަތަ މިއިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. އަދި މި މުއްދަތުގެ ތެރޭގައި އިންޓަވިއު ނުބޭއްވޭނަމަ ކުރިމަތިލާ މީހުންގެ ތެރެއިން އިންޓަވިއު ކުރަންޖެހޭ މީހުންނަށް މުއްދަތު ހަމަވުމުގެ ކުރިން އެކަން އެންގޭނެއެވެ.
|
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) ޢާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސއިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަންވާނެއެވެ.
|