G2C-A/2020/1
|
ވަޒީފާގެ ފުރުޞަތު
|
13 ޖެނުއަރީ 2020
|
ރޭންކް: ޖީ.އެސް 3
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)(06 މަސްދުވަސް)
|
މަޤާމް
|
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
1 (އެކެއް)
|
ބޭނުންވާ އަދަދު
|
ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓް / ޅ.ނައިފަރު
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
-/4465ރ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)
|
މުސާރަ
|
-/1500ރ (ފަނަރަސަތޭކަ ރުފިޔާ)
|
ސަރވިސް އެލަވަންސް
|
-/2550 ރ. (ދެހާސް ފައްސަތޭކަ ފަންސާސް ރުފިޔާ)
|
ލިވިންގ އެލަވަންސް
|
އަސާސީ މުސާރައިގެ %35
|
ޖުޑީޝަލް އެލަވަންސް
|
އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
އިތުރުގަޑީގެ ފައިސާ
|
- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
|
އަސާސީ ޝަރުތު
|
- ކޯޓަށް އަންނަ ލިޔުންތައް އެންޓްރީކުރުން
- ކޯޓަށް ލިބޭ ސިޓީ/މެސެޖްތަކަށް ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ޖަވާބު ތައްޔާރުކުރުން
- ފަނޑިޔާރުންނާ މުވައްޒަފުންގެ ޙާޟިރީ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން
- ކޯޓުގެ ސްޓޮކާ، އިންވެންޓްރީ ބެލެހެއްޓުން
- ކޯޓުން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ކަނޑައަޅާފައިވާ ގަޑީގައި ކޯޓު ހުޅުވުން
- ކޯޓުގެ ދުވަހު ޔައުމިއްޔާ ލިޔެ ފުރިހަމަކުރުން
- މީގެ އިތުރުންވެސް ޤާނޫނާ ޤަވާޢިދުގެތެރެއިން ކޯޓުގެ އިސްވެރިން ޙަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުން.
|
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު
|
- ފުރިހަމަކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާފޯމް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ފެންވަރު ބަލާފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.)
- ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ
- ފުރިހަމަ ކުރައްވާފައިވާ ކޯސްތަކުގެ ސެޓްފިކެޓާއެކު ލިބިފައިވާ ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް.
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
|
ހުށަހަޅަންޖެހޭ ތަކެތި
|
20 ޖެނުއަރީ 2020 ވަނަ ދުވަހުގެ 14:30 ގެ ކުރިން ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓްކޯޓަށް ވަޒީފާއަށް އެދޭ ފޯމް ހުށަހަޅަންވާނެއެވެ.
|
ސުންގަޑި
|
- ވަޒީފާއަށް ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި އިންޓަވިއު ކުރެވޭނެއެވެ އަދި ވަޒީފާއަށް ބޭނުންވާ ހުނަރަށް މީހާ ޤާބިލްވެފައިވާ މިންވަރު ބެލުމަށް ޓެސްޓެއް ދެވޭނެއެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
- އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައިގެންނެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
- ލިބިފައިވާ ތައުލީމް: (30 މާކްސް)
- މަސައްކަތުގެ ތަޖްރިބާ:(10 މާކްސް)
- މަސައްކަތަށް ބޭނުންވާ ހުނަރު:(10 މާކްްސް)
- އިންޓަރވިއު (ލިބިފައިވާ ހުނަރާއި، ސިފަތައް) (50 މާކްްސް)
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއުކުރުން އޮންނަ ތާރީޚާއި ގަޑި އެފަރާތްތަކަށް މިކޯޓުން އަންގާނެވާހަކަ ދެންނެވީމެވެ. އިންޓަވިއު އޮންނާނީ މިކޯޓުގައެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
- މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ 'ވަޒީފާއަށް އެދޭ ފޯމް' މިކޯޓުން ރަސްމީދުވަސްތަކުގައި ހެނދުނު 08:00 އިން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6620366 (ރަސްމީ ގަޑީގައި)
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ
- މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ މީލާދީގޮތުން ޢުމުރުން 55 އަހަރު ހަމަވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.
|
އިތުރު މަޢުލޫމާތު
|
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށްވުން
- ޤާނޫނާ ޤަވާއިދަށް އަހުލުވެރި ފަރާތަކަށްވުން
- ދަތުރުކުރަންޖެހިއްޖެ ޙާލަތެއްގައި ދަތުރު ކުރެވޭފަދަ ޞިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށްވުން
- އިނގިރޭސިބަހާ ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގޭ ފަރާތެއްކަމުގައިވުން
- ދިވެހިބަހުގެ ހަމަތަކާއި އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލްކަން ހުރުން.
- މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އިނގޭ ފަރާތެއްކަމުގައި ވުން.
- ޚިދުމަތް ލިބިގަންނަ ފަރާތްތަކާ ހިތްހެޔޮކަމާއި، ހިނިތުންވުމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން.
- އެހެން އިދާރާއެއްގައި މަސައްކަތްކުރާ، ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާ، ޙާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
- ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
|
މަޤާމަށް މީހުންހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް
|