އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންފުށީ ޒުވާނުންގެ ފުޓްސެލްމުބާރާތް އަދި ފެންފުށީ ޒުވާނުންގެ ނެޓްބޯޅަ މުބާރާތް

      2020 ވަނަ އަހަރު މިރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ފެންފުށީ ޒުވާނުންގެ ފުޓްސެލް މުބާރާތް އަދި ފެންފުށީ ޒުވާނުންގެ ނެޓްބޯޅަ މުބާރާތުގެ ނަމުގައި ފުޓްސެލް މުބާރާތަކާއި ނެޓްބޯޅަ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިދެމުބާރާތް ކުޅުމަށްހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ / މާޗް މަހުގެ ތެރޭގައެވެ.

      މިދެމުބާރާތް އިންތިޒާމުކޮށް ހިންގުމަށް ކޮންމެ މުބާރާތަކަށް 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީ އެއް އެކުލަވާލުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. އަދި މިކޮމިޓީގެ މެންބަރަކަށް މުބާރާތުގަ ކުޅޭ ކޮންމެ މެޗަކަށް -/150ރ (އެއްސަތޭކަ ފަންސާސް ރުފިޔާ) ގެ އެލަވަންސް އެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ. މިކޮމިޓީ އަށް މެންބަރުން ހޮވުމުގައި އިސްކަންދޭނީ ކުޅިވަރުތަކުގައި އަމަލީގޮތުން ހަރަކާތްތެރިވެފައިވާ ފަރާތްތަކަށެވެ.

      ވީމާ ފެންފުށީ ޒުވާނުންގެ ފުޓްސެލް މުބާރާތް އަދި ފެންފުށީ ޒުވާނުންގެ ނެޓްބޯޅަ މުރާތް އިންތިޒާމްކޮށް ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 ޖެނުއަރީ 2020 ވާ އާދީއްތަދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން އެކަން ބަޔާންކޮށް މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

12 ޖަނަވަރީ 2020
ހޯދާ