ނަންބަރު: MCA/IL/008/2019
ވަޒީފާގެ ފުރުޞަތު
މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ މާކެޓިންގ އެންޑް ޓްރެއިނިންގ ކޯޑިނޭޓަރުގެ މަގާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.
މަޤާމް:
|
މާކެޓިންގ އެންޑް ޓްރެއިނިންގ ކޯޑިނޭޓަރ
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
ޔުނިޓް:
|
މާކެޓިންގް އެންޑް ޓްރެއިނިންގ
|
މަސައްކަތް ކުރަންޖެހޭތަން:
|
މޯލްޑިވްސް ޗެސް އެސޯސިއޭޝަން އޮފީސް
|
މުސާރައާއި އިނާޔަތްތައް:
|
8000ރ.
|
ފެންވަރު ނުވަތަ ޝަރުތު:
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ ޑިގްރީ ހާސިލް ކޮށްފައިވުން.
|
މަގާމުގެ މަސްއޫލިއްޔަތު
|
- މޯލްޑިވްސް ޗެސް އެސޯސިއޭޝަންއިން ރާވާ ހިންގާ މުބާރާތްތަކާއި އަދި އެހެނިހެން ކަންތައްތަކުގެ މައުލޫމާތު ސޯޝަލް މީޑިއަރ އަދި ވެބްސައިޓްއަށް އަޕްޑޭޓް ކޮށް ބެލުންތެރިން ނަށް އެންމެ ފަހުގެ މައުލޫމާތު އެސޯސިއޭޝަންގެ އިސްވެރިންގެ ލަފާގެ މަތިން ކުރުން.
- އެސޯސިއޭޝަންގެ ކަލަންޑަރުގައި ރޭވިފައިވާ އަހަރުގެ މުބާރާތްތަކަށް ސްޕޮންސަރުން ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރުން.
- އެސޯސިއޭޝަންގެ ކަލަންޑަރުގައި ރޭވިފައިވާ މުބާރާތްތައް ވީހާވެސް ގިން ބަޔަކަށް އެންގުމަށް އަދި މުބާރާތް މާކެޓް ކުރުމުގައި ކުރަންޖެހޭ އެންމެހައި މަސައްކަތް އިސްވެރިންގެ ލަފާގެ މަތިން ކުރުން.
- އަހަރީ ޓާރގެޓަށް ވާސިލްވުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތްތަށް ދުވަހުން ދުވަހަށް ނިންމުން.
- މޯލްޑިވްސް ޗެސް އެސޯސިއޭޝަން އިން ހިންގާ ޓްރޭނިންގތައް ކަމާބެހޭ ފަރާތްތަކާއި ގުޅައިގެން ހަމަޖެއްސުން، އަދި ޓްރޭނިންގ ހިނގަމުންދާ އިރު، ބޭނުންވާ އެހީތެރިކަން ޓްރޭނިންގ ހިންގާފަރާތަށާއި، ޓްރޭނިންގ ގައި ބައިވެރިވާ ފަރާތްތަކަށް ފޯރުކޮށްދިނުން.
- ޓްރޭނިންގގައި ބައިވެރިވާ މިހުންގެ ހާޒިރީ ބެލެހެއްޓުމާއި ރެކޯޑްސް ބެލެހެއްޓުން.
- ޓްރޭނިންގ މެޓީރިއަލްސް އާކައިވްކޮށް ބެލެހެއްޓުން.
- ޓްރޭނިންގ ތަކުގެ ފީޑްބެކް ހޯދާ، އިވެލުއެޝަން އެނަލައިޒްކުރުމަށްފަހު އިސްވެރިންނާއި ޙިއްސާކުރުން.
- ޓްރޭނިންގ ތަކުގެ ރިޕޯޓް ލިޔުމަށްފަހު ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން.
- އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިއެހެން ކަންތައްތައް ކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ވަޒީފާއަށް އެދި ހުށައަޅާ ސިޓީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ސީވީ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ(
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
|
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލް އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
މޯލްޑިވްސް ޗެސް އެސޯސިއޭޝަން،
ކުޅިވަރު އެކުވެނި،
އީމެއިލް އެޑްރެސް: [email protected]
ގުޅޭނެ ނަންބަރު: 9716700
13 ޖަނަވަރީ 2020