މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ފުރަތަމަ ބައިއެނުއަލް އަޕްޑޭޓް ރިޕޯޓް ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ މުއާހަދާ، ޔުނައިޓަޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ ދަށުން ކޮންމެ ދެއަހަރަކުން އެއް އަހަރު، މެންބަރ ކޮންމެ ގައުމަކުންވެސް އެގައުމަކުން ބޭރުކުރާ ވިހަގޭހުގެ މިންވަރާއި މިމިންވަރު މަދު ކުރުމަށް ކުރާ މަސައްކަތްތަކާއި އެ މަސައްކަތްތަކަށް ކުރާ ހަރަދުތަކުގެ ތަފްސީލް ބައިއެނުއަލް އަޕްޑޭޓް ރިޕޯޓް (ބީ.ޔޫ.އާރ) ނިންމުމުގެ މަސައްކަތް މިމިނިސްޓްރީއިން މިދަނީ ކުރަމުންނެވެ. މި ދެންނެވި ރިޕޯޓުގެ 100 ކޮޕީ ޕްރިންޓް ކުރުމަށް މި މިނިސްޓްރީއިން ގަސްތުކުރަމެވެ. މި ދެންނެވުނު ބީ.ޔޫ.އާރް ރިޕޯޓް ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް 5 ޖެނުއަރީ 2020 ގައި ކުރެވުނު ނަންބަރ: (IUL) 438-CCD/438/2020/2 އިއުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ، އަލުން ބީލަން ހުށަހެޅުމުގެ ފުރުސަރު ހުޅުވާލަމެވެ.

މި މަސައްކަތަށް ބޭނުންވާ ޝަރުތުތައް މި އިޢުލާނާއެކު ހިމެނިފައިވާ ޓާރމްސް އޮފް ރެފަރެންސްގައި ބަޔާންކޮށްފައިވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން،20 ޖެނުއަރީ 2020  ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ބީލަން ހުށައެޅުއްވުން އެދެމެވެ. ބީލަން ހުޅުވާނީ 20  ޖެނުއަރީ 2020 ވާ ހޯމަ ދުވަހުގެ 10:00 ގައި އެ މީޓިންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

ބީލަން ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ:

އިޢުލާނު ނަންބަރު (IUL)438-CCD/438/2020/14 އާއި ގުޅޭ

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ.

 

13 ޖަނަވަރީ 2020
ހޯދާ