އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކައްކާ، ބަދިގެ އެހީތެރިން، ވެއިޓަރުން

ވަޒީފާގެ ފުރުސަތު

 

މިކުންފުނީގެ  ފަރާތުން 26 ޑިސެމްބަރ 2019 ގައި ކޮށްފައިވާ ނަންބަރުIUMH-AD/I/2019/23 އިޢުލާން ބާޠިލްކޮށް އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. 

                   ނަންބަރު:IUMH-AD/I/2020/03

މަޤާމު:

ކައްކާ

ބޭނުންވާ ޢަދަދު: 2

މުސާރަ:

  • އަސާސީ މުސާރަ: މަހަކު 4500.00 ރުފިޔާ
  • ސާރވިސް އެލަވަންސް: މަހަކު 1000.00 ރުފިޔާ
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް 100.00 ރުފިޔާ
  • ޕްރޮވިޑެންޓް ފަންޑްގެ ގޮތުގައި ކަނޑައެޅިފައިވާ އުސޫލުން އަސާސީ މުސާރައިގެ %7

މަޤާމުގެ ޝަރުޠުތައް:

  • ލިޔަންކިޔަން އެގުން
  • އުމުރުން 18 އަހަރު ފުރިފައިވުން.

މަޤާމުގެ ގިންތި:

  • ވަގުތީ - މަޤާމަށް މުވައްޒަފު އައްޔަން ކުރެވޭ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް

(ނޯޓު: މަސައްކަތުގެ ފެންވަރާއި މުވައްޒަފުގެ ހުނަރަށް ބަލާ، އެއް އަހަރު ދުވަހުގެ ފަހުން ކޮންޓްރެކްޓް އާކުރުމަށް މެނޭޖްމަންޓް އިން ބޭނުންވާކަމުގައިވާނަމަ އަދި މުވައްޒަފު އެދޭނަމަ ކޮންޓްރެކްޓް އާކުރެވޭނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެންޓީން

މަޤާމުގެ މަސްއޫލިއްޔަތު:

  • ކަސްޓަމަރުންނަށް ފަރިއްކޮޅުތައް ތައްޔާރު ކުރުން
  • ކަސްޓަމަރުންނަށް ކެއިން ބުއިމުގެ ޚިދުމަތް ދިނުމަށްޓަކައި ބަދިގޭގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  • ބަދިގެ ތެރޭގައި ކެއްކުމަށް ބޭނުންކުރާ ހުރިހާ ތަކެއްޗާއި، ސިންކާއި، އައިސްއަލަމާރި، އުނދުން ފަދަ މެޝިނަރީޒް ކޮންމެ ދުވަހަކު ސާފުކޮށް ބެލެހެއްޓުމާއި މިފަދަ ކަންތައްތައް ސުޕަވައިޒަރު އަންގާ ގޮތެއްގެ މަތިން ކުރުން.
  • މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަމެއް ކުރުން.

 

މަޤާމު:

ބަދިގެ އެހީތެރިން

ބޭނުންވާ ޢަދަދު: 2

މުސާރަ:

  • އަސާސީ މުސާރަ: މަހަކު 4000.00 ރުފިޔާ
  • ސާރވިސް އެލަވަންސް: މަހަކު 1000.00 ރުފިޔާ
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް 60.00 ރުފިޔާ
  • ޕްރޮވިޑެންޓް ފަންޑްގެ ގޮތުގައި ކަނޑައެޅިފައިވާ އުސޫލުން އަސާސީ މުސާރައިގެ %7

މަޤާމުގެ ޝަރްޠުތައް:

  • ލިޔަންކިޔަން އެގުން
  • އުމުރުން 18 އަހަރު ފުރިފައިވުން.

މަޤާމުގެ ގިންތި:

  • ވަގުތީ - މަޤާމަށް މުވައްޒަފު އައްޔަން ކުރެވޭ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް

(ނޯޓު: މަސައްކަތުގެ ފެންވަރާއި މުވައްޒަފުގެ ހުނަރަށް ބަލާ، އެއް އަހަރު ދުވަހުގެ ފަހުން ކޮންޓްރެކްޓް އާކުރުމަށް މެނޭޖްމަންޓް އިން ބޭނުންވާކަމުގައިވާނަމަ އަދި މުވައްޒަފު އެދޭނަމަ ކޮންޓްރެކްޓް އާކުރެވޭނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެންޓީން

މަޤާމުގެ މަސްއޫލިއްޔަތު:

  • ކަސްޓަމަރުންނަށް ފަރިއްކޮޅުތައް ތައްޔާރު ކުރުމަށް ކައްކާއަށް އެހީތެރިވުން
  • ކަސްޓަމަރުންނަށް ކެއިން ބުއިމުގެ ޚިދުމަތް ދިނުމަށްޓަކައި ބަދިގެއާއި ކެންޓީންގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކައްކާއާއި ސުޕަރވައިޒަރުގެ އިރުޝާދުގެ މަތިން ކުރުން.
  • ބަދިގެ ތެރޭގައި ކެއްކުމަށް ބޭނުންކުރާ ހުރިހާ ތަކެއްޗާއި، ސިންކާއި، އައިސްއަލަމާރި، އުނދުން ފަދަ މެޝިނަރީޒް ކޮންމެ ދުވަހަކު ސާފުކޮށް ބެލެހެއްޓުމާއި މިފަދަ ކަންތައްތައް ސުޕަވައިޒަރު އަންގާ ގޮތެއްގެ މަތިން ކުރުން.
  • ކެއްކުމަށް ބޭނުންވާ ތަކެތި ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަންތައްތައް ކުރުން.
  • މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަމެއް ކުރުން.

 

މަޤާމު:

ވެއިޓަރުން

ބޭނުންވާ ޢަދަދު: 2

މުސާރަ:

  • އަސާސީ މުސާރަ: މަހަކު 4000.00 ރުފިޔާ
  • ސާރވިސް އެލަވަންސް: މަހަކު 1000.00 ރުފިޔާ
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް 60.00 ރުފިޔާ
  • ޕްރޮވިޑެންޓް ފަންޑްގެ ގޮތުގައި ކަނޑައެޅިފައިވާ އުސޫލުން އަސާސީ މުސާރައިގެ %7

މަޤާމުގެ ޝަރްޠުތައް:

  • ލިޔަންކިޔަން އެގުން
  • އުމުރުން 18 އަހަރު ފުރިފައިވުން.

މަޤާމުގެ ގިންތި:

  • ވަގުތީ - މަޤާމަށް މުވައްޒަފު އައްޔަން ކުރެވޭ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް

(ނޯޓު: މަސައްކަތުގެ ފެންވަރާއި މުވައްޒަފުގެ ހުނަރަށް ބަލާ، އެއް އަހަރު ދުވަހުގެ ފަހުން ކޮންޓްރެކްޓް އާކުރުމަށް މެނޭޖްމަންޓް އިން ބޭނުންވާކަމުގައިވާނަމަ އަދި މުވައްޒަފު އެދޭނަމަ ކޮންޓްރެކްޓް އާކުރެވޭނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެންޓީން

މަޤާމުގެ މަސްއޫލިއްޔަތު:

  • ކަސްޓަމަރުންނަށް ފަރިއްކޮޅުތައް ގެންގޮސް ދިނުން
  • ބުފޭ އަށް ކެންޓީން ތައްޔާރު ކުރުން
  • ހުސް މޭޒުތައް ސާފުކޮށް ތައްޔާރުކުރުން
  • ކަސްޓަމަރުންނަށް ކެއިން ބުއިމުގެ ޚިދުމަތް ދިނުމަށްޓަކައި ކެފޭ ތެރޭގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  • ސުޕަރވައިޒަރ އާއި ކައްކާގެ ދަށުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.
  • ކެއްކުމާއި ތެލިތަށި ދޮވުން ފަދަ ކަންތައްތައް ސުޕަވައިޒަރު އަންގާ ގޮތެއްގެ މަތިން ކުރުން.
  • މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަމެއް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
  • މަޑުމައިތިރިކަމާއެކު މުޢާމަލާތު ކުރެވޭ ފަރާތްތައް.
  • ޝިފްޓް އުސޫލުން މަސައްކަތްކުރެވޭނެ ފަރާތްތައް.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  • ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު އައި.ޔޫ.އެމް ހޯލްޑިންގސްއިން ލިބެން ހުންނާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

އީމެއިލް މެދުވެރިކޮށް [email protected] އަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުންނާއި، ހާޑް ކޮޕީ ހުށަހަޅާ ފަރާތްތަކުން 21 ޖެނުއަރީ 2020 ވަނަ ދުވަހުގެ 15:00 ގެ ކުރިން އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި އައިޔޫއެމް ހޯލްޑިންގސް ޕވޓ. ލޓޑ އަށް ދުރުވެ އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ހެނދުނު 08:00 އާއި މެންދުރު 15:00 އާއި ދެމެދު 3022161 އަށް ގުޅުއްވުން އެދެމެވެ.

 

13 ޖެނުއަރީ 2020

 

13 ޖަނަވަރީ 2020
ހޯދާ