މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ހައުސިންގ ސްޕެޝިއަލިއްސްޓް/ކޮންސަލްޓެންޓެއް ހޯދުމާއި ބެހޭ

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުގެ ފަންނީ މަސައްކަތްތައް ރާވާ ހިންގުމަށް އެހީތެރިވުމަށް  ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް  www.housing.gov.mv ޝާޢިޢު ކުރެވިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު) އެއްގޮތައް 2020 ޖަނަވަރީ 30 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިން އެކްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ސީވީ އާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވަލޮޕްމެންޓް

އަމީނީމަގު          

މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 3004300 ،3004311

އީމެއިލް އެޑްރެސް: [email protected]

12 ޖަނަވަރީ 2020
ހޯދާ