ދިވެހިރާއްޖެ
ހިރިލަންދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް 01 ފެބުރުއަރީ 2020 އިން 31 ޖެނުއަރީ 2021 ގެ ނިޔަލަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިމަސައްކަތުގެ މައުލޫމާތު ހިމެނޭ ބިޑްފޮތް 12 ޖަނަވަރީ 2020 ވާ އާދީއްތަ ދުވަހުން ފެށިގެން 16 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 10.30 އާހަމައަށް ރަސްމީބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލުން ލިބެން ހުންނާނެއެވެ. ބިޑް ފޮތެއްގެ އަގަކީ -/50ރ (ފަންސާސް ރުފިޔާ) އެވެ. އަދި ބިޑްފޮތް ބައްލަވާގަންނަވާ ފަރާތަކުން ތިރީގައި މިދަންނަވާ ތާރީހްތަކަށް ސަމާލުވުމަށް ދަންނަވަމެވެ.
ތަން |
ތާރީހް |
ދުވަސް |
ގަޑި |
|
މައުލޫމާތު ބައްދަލުވުން |
ތ.ހިރިލަންދޫ ކައުންސިލް އިދާރާ |
16 ޖެނުއަރީ 2020 |
ބުރާސްފަތި |
13:00 |
ބިޑް ހުށައެޅުން |
ތ.ހިރިލަންދޫ ކައުންސިލް އިދާރާ |
19 ޖެނުއަރީ 2020 |
އާދީއްތަ |
13:30 |
މިއިއުލާނާ ގުޅިގެން ހުށަހެޅޭ މައުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލްވާނެވާހަކަ ދަންނަވަމެވެ. އަދި ބިޑްފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ފުރުޞަތު ނުލިބޭނެއެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.