ދިވެހިރާއްޖެ
ޕުރޮޖެކްޓު ނަންބަރު: TEB/2014/72 |
ޕުރޮޖެކްޓުގެ ނަން: ހެލްތު ޕާރސަނަލް ޑިވެލޮޕްމަންޓު އެންޑް ސެކްޓަރ ކެޕޭސިޓީ ބިލްޑިންގ، ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ފައިނޭންސިން ނަންބަރު: MAL/-0043
1. ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތު އެންޑް ޖެންޑަރ އިން އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކުގެ (އައި.ޑީ.ބީ) ހިލޭ އެހީގައި ރާއްޖޭގެ ޞިއްޙީ ދާއިރާގެ މަސައްކަތްތައް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި ހިންގޭ ޕުރޮޖެކްޓުގައި ހިމެނޭ މަސައްކަތްތައް ކުރުމަށް ބައިނަލް އަޤުވާމީ ކޮންސަލްޓަންސީ ފާރމެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަމަށް ޚަރަދުކުރުމަށް 295،000 ޔޫ.އެސް ޑޮލަރު އެ ބޭންކުންވަނީ ހަމަޖައްސަވާފައެވެ.
2. މަޝްރޫޢުގައި ހިމެނޭ މައިގަނޑު ބައިތަކަކީ؛
(ހ) ކޮންޕޯނެންޓް އޭ – ކޮންސަލްޓެންސީ މަސައްކަތް
(ށ) ކޮންޕޯނެންޓް ބީ – ޓްރެއިނިންގ އެންޑް ކެޕޭސިޓީ ބިލްޑިންގ
(ނ) ކޮންޕޯނެންޓް ސީ – މި ޕުރޮޖެކްޓުގެ ދަށުން ހެދޭ ޞިއްޙީ މިންގަނޑުތައް ތަންފީޒުކޮށް އެއަށް އަހުލުވެރިކޮށް ހެލްތު ފެސިލިޓީ އެކްރެޑިޓޭޝަން ބޮޑީއެއް ޤާޢިމްކުރުން
3. މި މަޝްރޫޢަކީ އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދެވޭ ޕުރޮޖެކްޓަކަށްވުމާއެކު ބީލަން ކާމިޔާބުކުރާ ފަރާތްތައް ހޮވުމުގައި ޢަމަލުކުރެވޭނީ އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކުގެ މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމަށް އެކުލަވާލެވިފައިވާ ގައިޑުލައިންގައި ކަނޑައެޅިފައިވާ ހަމަތަކާއި އުޞޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ. މިގޮތުން މި ގައިޑުލައިނާ އެއްގޮތްވާ ގޮތުގެ މަތިން ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް މި ބީލަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މަޝްރޫޢުގެ ކޮންސަލްޓެންސީ މަސައްކަތްތަކުގެ ބީލަން ކާމިޔާބުކުރާ ފަރާތްތައް ހޮވުމުގައި ޢަމަލުކުރެވޭނީ އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކުގެ ފައިނޭންސިންގެ ދަށުން ޤާއިމްކުރެވިފައިވާ ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދޭ ގައިޑުލައިނުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުޞޫލުގެ މަތިންނެވެ.
4. ތިރީގައިމިވާ ކޮންސަލްޓަންސީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް މިކަމަށް ޝަރުޠުހަމަވާ ހުރިހާ ބައިނަލް އަޤްވާމީ ކޮންސަލްޓަންސީ ފާރމްތަކަށް ހުޅުވާލަމެވެ.
- ކްލިނިކަލް ޓުރީޓުމަންޓު ގައިޑުލައިންސް ހެދުމަށް ބޭނުންވާ ބަލިތައް ކަންތައްތައް ތިރީގައި މިވަނީއެވެ.
- ޕީޑިއެޓްރިކް/ ނިއޯނޭޓަލް ބަލިތައް
- އެތެރެހަށީގެ ބަލިތައް
- ކަށީގެ ބަލިތައް
- އަންހެނުންގެ ޚާއްޞަ ބަލިތައް
- އެކްސިޑެންޓު އަދި އިމަޖަންސީ ހާލަތްތައް
- ރީނަލް ބަލިތައް
- ހިތުގެ ބަލިތައް
- ސަރޖިކަލް ބަލިތައް
2. ހެދޭ ގަވާއިދުތަކާއި ގައިޑްލައިންތަކަށް ޞިއްޙީ ޚިދުމަތްދޭ ފަރާތްތައް އަހުލުވެރިކުރުވުން.
3. ކުލިނިކަލް ޓުރީޓުމަންޓު ގައިޑުލައިންތައް އޮޑިޓު ކުރެވޭނެ ނިޒާމެއް ޤާއިމުކުރުން.
5. އައި.ސީ.ބީ ނުވަތަ އައި.ސީ.ބީ/އެމް.ސީ ގެ ގަވާއިދުތަކުގެ ދަށުން "ރިކުއެސްޓު ފޯރ އެކްސްޕުރެޝަން އޮފް އިންޓުރެސްޓު" ނުވަތަ ބިޑު ހުށަހެޅުމަށް ހުޅުވާލެވޭ ފުރުސަތުތަކުގައި މި ކަމަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުގެ ލިސްޓުގައި ހިމެނުމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން ތިރީގައިވާ އެޑުރެހަށް މުޢާމަލާތް ކުރުމަށް ދަންނަވަމެވެ.
ޓެންޑަރ އިވެލިއުއޭޝަން ސެކްޝަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ
ޓެލެފޯނު: 191 3349 960 / 266 3349 960
ފެކްސް: 706 3320 960
އީ މެއިލް: [email protected] |