ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ރުއް ގަހުގެ ވެރިން ހޯދުމާއި ގުޅޭ

މިރަށު ލިލީމަގު ހުޅަނގުކޮޅާއި، އޯކިޑުމަގު ދެކުނުކޮޅުން މަގުނުކަޑާއޮތްބައި މަގުކެނޑުމަށް މަގަށްއަރާ ގޮތަށް އެސަރަހައްދުގައި ހުރި ރުއްގަހުގައި މިހާރު ހުންނާނީ ގަދަފެހި ކުލައިގެ ދަވާދަކުން 1 ން 70 އަށް އަދި A1 ން A23 އަށް ނަންބަރު ޖަހާފައެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ރުއްގަހުގެ ވެރިންވާނަމަ، އެއީ ކޮންފަރާތެއްގެ ރުއްގަހެއްކަން އެގޭނޭ ގޮތަށް އެރުއްގަހެއްގައި އެފަރާތެއްގެ ނަންބަރު ޖެހުމަށްފަހު މި އިދާރާއިން ޖަހާފައިވާ ނަންބަރާއި، ވެރިފަރާތުގެ ނަމާއި އެޑްރެސް އަދި ރުކުގެ މޮޅު/ ދެރަ އެންގޭގޮތަށް ލިސްޓްކުރައްވައި 16 ޖަނަވަރީ 2020 ވާ ބްރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު: 6800730 ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

09 ޖަނަވަރީ 2020
ހޯދާ