ދިވެހިރާއްޖެ
މިކުންފުނީގެ މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
|
މަސައްކަތްކުރަންޖެހޭ ތަން |
އަސާސީ މުސާރަ |
ޢަދަދު |
މަޤާމު |
|
އެސް.ޓީ.އޯ ހދ. ކުމުންދޫ ފާމަސީ |
4350.00 / 3380.00 ރުފިޔާ |
1 |
ފާމަސިސްޓް / ފާމަސީ އެސިސްޓެންޓް |
|
އެސް.ޓީ.އޯ ހއ. މޮޅަދޫ ފާމަސީ |
4350.00 / 3380.00 ރުފިޔާ |
1 |
ފާމަސިސްޓް / ފާމަސީ އެސިސްޓެންޓް |
|
އެސް.ޓީ.އޯ ށ. ނޫމަރާ ފާމަސީ |
4350.00 / 3380.00 ރުފިޔާ |
1 |
ފާމަސިސްޓް / ފާމަސީ އެސިސްޓެންޓް |
|
އެސް.ޓީ.އޯ ރ. ކިނޮޅަސް ފާމަސީ |
4350.00 / 3380.00 ރުފިޔާ |
1 |
ފާމަސިސްޓް / ފާމަސީ އެސިސްޓެންޓް |
|
އެސް.ޓީ.އޯ ރ. އުނގޫފާރު ފާމަސީ |
4350.00 / 3380.00 ރުފިޔާ |
1 |
ފާމަސިސްޓް / ފާމަސީ އެސިސްޓެންޓް |
|
އެސް.ޓީ.އޯ ކ. ގުރައިދޫ ފާމަސީ |
4350.00 / 3380.00 ރުފިޔާ |
1 |
ފާމަސިސްޓް / ފާމަސީ އެސިސްޓެންޓް |
އެހެނިހެން އިނާޔަތްތައް
- އިތުރު އެލަވަންސްގެ ގޮތުގައި މަހަކު/- 1500 ރުފިޔާ އާއި -/2500 ރުފިޔާ އާ ދެމެދުގެ ޢަދަދެއް ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ލިބޭނެއެވެ.
- މަތީތަޢުލީމު ހާސިލް ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
- އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމްގެ މަސްއޫލިއްޔަތު
- ބޭސް ދޫކުރުން
- ކޭޝް އަދި ކްރެޑިޓް ބިލް ހެދުން
- ކޮންޓްރޯލް ޑްރަގްސް ބެލެހެއްޓުން
- ހަރުތަކުގާއި ބޭސްޖެހުމާއި މުއްދަތުހަމަވާ ބޭސްތައް ބަލާ ޗެކްކުރުން
ފެންވަރު ނުވަތަ ޝަރުތު
- އެޑްވާންސް ސެޓްފިކެޓް (ސެޓްފިކެޓް 04) އިން ފާމަސީ ފުރިހަމަ ކޮށްފައިވުން ނުވަތަ
- ޖީ.ސީ.އީ. އޯލެވެލް އިމްތިހާން ފުރިހަމަ ކޮށްފައިވުން
އެހެނިހެން ހުނަރު
- މައިކްރޯސޮފްޓް ވޯޑް އަދި އެކްސެލްއަށް ފަރިތަވުން
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުވައްޒިފެއް ކަމުގައިވުން
- ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން
- މަޤާމާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ
ސުންގަޑި
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2020 ޖަނަވަރީ 19 ވާ އާދީއްތަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވެބްސައިޓް މެދުވެރިކޮށް ވަޒީފާއަށް ހުށަހެޅުއްވުން އެދެމެވެ. ވެބްސައިޓުން: https://sto.mv/Career
ނޯޓް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
- މަތީގައި ދެންނެވިފައިވާ ޝަރުތުތައް ހަމަނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެއެވެ.
- މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
- ގުޅޭނެ ނަންބަރު: 3344264 / އީމެއިލް އެޑްރެސް:[email protected]
12 ޖަނަވަރީ 2020
