ދިވެހިރާއްޖެ
ޤާނޫނު ނަންބަރު: 2010/ 7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައިވާ ގޮތުގެ މަތިން ލޯކަލް ކައުންސިލްތަކާއި ބިންތައް ޙަވާލު ކުރުމަށް ޝާއިޢުކޮށް އަމަލުކުރަމުންދާ ގަވާއިދު ނަންބަރު: 24-R/2011 (ލޯކަލް ކައުންސިލްތަކުގެ އިޚުތިޞާޞް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ގަވާއިދު) ގެ ދަށުން ކައުންސިލްތަކާ ހަވާލުނުކުރާ ބިމަކަށް ނުވަތަ ތަނަކަށް ކައުންސިލުގެ އިޚުތިޞާޞް ނުހިނގާނެކަމާއި ނުވަތަ ކައުންސިލުގެ ބާރެއް ނުވަތަ ކައުންސިލުގެ އިޚުތިޔާރެއްވެސް ނުހިނގާނެކަން ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2025 (19 ޖަނަވަރީ 2014) ގެ ޤަޟިއްޔާއިން ވަނީ ކަނޑައަޅުއްވާފައެވެ.
އަދި މި މިނިސްޓްރީގެ ފަރާތުން ކޮށްފައިވާ ނަންބަރު: 39/2012/138/(IUL)138-AS1 (3 އެޕްރީލް 2012) ގެ އިޢުލާނާއި ނަންބަރު: 15/2014/138/1AS-138(IUL) (15 މާރިޗު 2014) ގެ އިއުލާނުގައި ކައުންސިލްތަކާ ހަވާލުކުރެވިފައި ނުވާ ދައުލަތުގެ ބިންތަކާ ގުޅޭގޮތުން އެފަދަ ކައުންސިލަކުން އެއްވެސް ފަރާތަކާއެކު މުއާމަލާތެއް ކޮށްފައިވާނަމަ އެ މުއާމަލާތަކާ ގުޅޭގޮތުން ސަރުކާރުން އެއްވެސް ޒިންމާއެއް ނުނަގާނެކަމަށް ވާނީ ދަންނަވާފައެވެ.
ވީމާ، މިގޮތަށް އަންގާފައިވަނިކޮށް އެއްވެސް ފަރާތަކުން މިއިން ބިމަކާ ބެހޭގޮތުން އެއްވެސް މުޢާމަލާތެއްކޮށް އެފަރާތަކަށް ލިބިދާނެ މާލީ ގެއްލުމަކުން ނުވަތަ ދައްޗަކަށް މި މިނިސްޓްރީން ޒިންމާނުވާނެ ވާހަކަ ދެންނެވީމެވެ. އަދި އެއްވެސް ކައުންސިލަކާ ހަވާލު ކުރައްވާފައިނުވާ ބިމަކާ ބެހޭގޮތުން ކައުންސިލްތަކާ މުއާމަލާތް ނުކުރެއްވުމަށާއި އަދި ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ދިވެހިދައުލަތުގެ ބިން ބޭނުންކުރުމަށް ސަމާލުވުމަށް ތަކުރާރުކޮށް ދެންނެވީމެވެ.
23 ޖުމާދަލްއޫލާ 1435