ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް1 ރޫމް އެޕާޓްމަންޓްއެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ބެނުންވެއްޖެ
މި ޔުނިވަރސިޓީގެ އިޢުލާން ނަންބަރު : (IUL)170-PR/170/2019/123 އަށް އެކަށީގެންވާވަރުގެ ތަރުހީބެއް ލިބިފައިނުވާތީވެ، އެ އިޢުލާނު ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް 1 ރޫމް އެޕާޓްމަންޓްއެއް ކުއްޔަށް ދޭނެ ފަރާތެއް ބޭނުންވެއެވެ.|
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 21 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި ޔުނިވަރސިޓީގައެވެ. ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް 9 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހު 11:30 އިން ފެށިގެން 21 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުގެ 10:30 ގެ ނިޔަލަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މި އިޢުލާން އާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ، 3022115/ 3022120 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.