އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
އޮފިސަރ (ޖީ.އެސް 3)/ ކޮންޓްރެކްޓް

ނަންބަރު: A)AB-2020/5)

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2020 އާއި ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް

މަޤާމް:

އޮފިސަރ (ޖީ.އެސް 3)

ބޭނުންވާ ޢަދަދު:

35 (ތިރީސް ފަހެއް)

އަސާސީ މުސާރަ:

މަހަކު 4465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 1500.00 (ފަނަރަ ސަތޭކަ ރުފިޔާ)

ދުވަހު އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 155.00 (ސަތޭކަ ފަންސާސް ފަސްރުފިޔާ)

އިތުރު ގަޑި ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

މަސައްކަތުގެ ވަގުތު:

އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލި ބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

އެހެނިހެން ޝަރުތު:

  1. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  2. ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.
  3. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  4. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
  5. މަޤާމް ގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން.

މަސްއޫލިއްޔަތު:

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާއި ގުޅިގެން ކޮމިޝަނުން ޙަވާލުކުރާ މަސައްކަތްތައް ކުރުން:-

-ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އަށް އެކުލަވާލެވޭ ވޯޓް ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއަށް ގެނެވޭ ބަދަލުތައް ރީޗެކްކުރުމުގެ މަސައްކަތާއި ޝަކުވާ ބަލައިގަތުމުގެ މަސައްކަތް ކުރުން.

-ފައިނަލް ވޯޓާރސް ރަޖިސްޓްރީ އެކުލަވާލުމުގެ މަސައްކަތް ސެކްޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ކުރުން.

-އިންތިޚާބުގައި ހަރަކާތްތެރިވާ އޮބްޒާވަރުން، މޮނީޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންނާއި ގުޅޭ މަސައްކަތްތައް ކުރުން.

-އިންތިޚާބުތަކަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ފޯމު ދޫކުރުމާއި، ބަލައިގަތުމުގެ އެންމެހައި އިދާރީ މަސައްކަތް ކުރުން.

-ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020ގެ ލޮޖިސްޓިކް މަސައްކަތްކުރުން.

-އިންތިޚާބަށް ބޭނުންވާ ޓްރެއިނިންގ މެޓީރިއަލް ތައްޔާރުކުރުކުރުން.

-ކޯލް ސެންޓަރ 1414 ގައި މަސައްކަތްކުރުން.

-ޓްރެއިނަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް އަދި މާލޭ އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ކުރިޔަށްދާ ޓްރެއިނިންގ ހޯލްތައް ތައްޔާރުކުރުމާއި ޓްރެއިނިންގ ހާޒިރީތައް ބެލެހެއްޓުން

-އިންތިޚާބުގެ އެކިއެކި މަސައްކަތްތަކަށް މުވައްޒަފުންނާއި އޮފިޝަލުން ނެގުމުގެ މަސައްކަތް ކުރުން.

-އިންތިޚާބަށް ކޮމިޝަނަށް ނަގާ ފޯކަލް ޕޮއިންޓުންނާއި ގުޅޭ މަސައްކަތް ކުރުން.

-އިންތިޚާބަށް ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތްތައް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި، ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާ ގޮތުގެ މަތިން ހޯދައި ދިނުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

-އިންތިޚާބުގެ ނަތީޖާ ޕްރޮސެސްކުރުމުގެ މަސައްކަތްކުރުން.

އިންތިޚާބުގެ އެކިއެކި މަސައްކަތަކަށް ނަގާ އޮފިޝަލުން، މުވައްޒަފުންގެ  މުސާރަ، އެލަވަންސް އަދި މުވައްޒަފުންނަށް ދޭންޖެހޭ އެހެނިހެން ފައިސާ ދިނުމުގެ ކަންތައްތައް ހަމަޖެއްސުން.

-ސިޔާސީ ޕާޓީގެ މެންބަރޝިޕް ފޯމްތައް ޕްރޮސެސްކުރުން.

-ކޮމިޝަންގެ އެކިއެކި ސެކްޝަން ތަކަށް އިދާރީގޮތުން ބޭނުންވާ ސަޕޯޓް ދިނުން.

-މީގެ އިތުރުންވެސް ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން އިންތިޙާބާއި ގުޅިގެން ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

-ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

-ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

3. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

-މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

-މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:         

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޖަނަވަރީ 2020 ވާ ބުދަ ދުވަހުގެ 15:00ގެ ކުރިން އިލެކްޝަންސް ކޮމިޝަން (ޕޯޓްސް ކޮޕްލެކްސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

-ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

-މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

-އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

-މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

-ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

މާކްސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

ތަޢުލީމާއި ތަމްރީނު

40

މަސައްކަތުގެ ތަޖުރިބާ (އިންތިޚާބު)

15

މަސައްކަތުގެ ތަޖުރިބާ (އާންމު)

10

އިންޓަވިޔު

30

ޢަމަލީ ޓެސްޓު

15

ޖުމުލަ

100

ޝޯޓްލިސްޓު ކުރެވޭގޮތް:

-ޖެނެރަލް ސަރވިސް ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ، ތަޢުލީމާއި، މަސައްކަތާއި، ތަޖުރިބާއާއި، ތަމްރީނާއި ހުނަރުގެ މާކުހަށް ބެލުމަށްފަހު، ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ. މި ގިންތީގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް މަޤާމުގެ ޝަރުޠުތައްކަމަށް ބުނެފައިވާ އަސާސީ ޝަރުޠު ފުރިހަމަވާނަމަ، ތަޢުލީމާއި ތަމްރީނަށް ކަނޑައަޅައިފައިވާ ފުރިހަމަ މާކްސް ދެވޭނެއެވެ.

-މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

09 ޖަނަވަރީ 2020
ހޯދާ