ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ކޮންފަރެންސް ޓޭބަލް އެއް ޖަހައިދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 11 ޖަނަވަރީ 2020 11:59 ގައި ބާތިލް ކުރެވިފައެވެ.


އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ކޮމިޝަނުން ދޭ ނަމޫނާއާއި އެއްގޮތަށް ކޮންފަރެންސް ޓޭބަލްއެއް ޖެހުމަށް ބޭނުންވެގެން ކޯޓޭޝަން ހުށަހެޅުމަށް ކުރި ނަންބަރު (IUL)195-A-GA/1/2019/51 (24 ޑިސެމްބަރ 2019) އިޢުލާނާގުޅިގެން ހުށަހަޅާފައިވާ އަގުތައް މާލިއްޔަތު ޤަވާޢިދުގެ 10.24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑަށްވުރެ ބޮޑުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލަމެވެ.

މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-K/CIR/2019/27 (4 ޖުލައި 2019) މާލިއްޔަތު ސާރކިއުލަރގައި ވާގޮތުގެމަތިން  މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައި ދެންނެވީމެވެ.

ވީމާ، މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ޖަނަވަރީ 2020 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ކުރިން، މި ކޮމިޝަނަށް (މ. ތީމުގެ) ވަޑައިގެން މި ބީލަމުގައި ރަޖިސްޓްރީ ވުމަށް ދެންނެވީމެވެ. މި ބީލަމުގެ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެޓެޗްކުރެވިފައި އެވަނީއެވެ.

ބީލަމުގައި ރަޖިސްޓްރީވި ފަރާތްތަކުން 19 ޖަނަވަރީ 2020  ވާ އާދީއްތަ ދުވަހުގެ 10:00 އަށް ކޮމިޝަނަށް (މ. ތީމުގެ) ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަންވެސް ދެންނެވީމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 3340614 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

 

                        14 ޖުމާދަލްއޫލާ 1441

                        09 ޖަނަވަރީ 2020

09 ޖަނަވަރީ 2020
ހޯދާ