އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމާބެހޭ

އއ.ތޮއްޑޫ ކައުންސިލް އިދާރާގެ ސެކިޔުރިޓީ ބަލަހައްޓާނޭ ފަރާތެއް ހޯދުމަށްބޭނުންވާތީ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

 މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

ތޮއްޑޫ ކައުންސިލްގެ އިދާރާ

21 ޖަނަވަރީ 2020

އަންގާރަ

13:00

އަންދާސީ ހިސާބު ހުށަހެޅުން

ތޮއްޑޫ ކައުންސިލްގެ އިދާރާ

28 ޖަނަވަރީ 2020

އަންގާރަ

13:00

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާފަރާތްތައްކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ކޮންމެ މީހަކަށްވެސް ތަމްސީލް ކުރެވޭނީ އެއް ވިޔަފާރީގެ ނަމުގައެވެ.

 

މަޢުލޫމާތު ސާފުކުރަން ވަޑައިގަންވާއިރު ތިރީގައި މިދަންނަވާ ތަކެތި ގެންނަވަންވާނެއެވެ. 

  • ވިޔަފާރި ރަޖިސްޓްރޭޝަން އަދި އައި.ޑީ.ކާޑު ކޮޕީ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަންއެގޭނެ ލިއުން.

 

09 ޖަނަވަރީ 2020
ހޯދާ