މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމާއިބެހޭ

                                                         ނަންބަރު: (IUL)307/INDIV/2020/2  

އިޢުލާން

 

މިކައުންސިލްގެ ސެކިއުރިޓީ ބެލެހެއްޓުމާއިބެހޭ:

 

                 މިކައުންސިލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަންކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 ޖަނަވަރީ 19 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި މިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު މި މަސައްކަތް ކޮށްދިނުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2020 ޖަނަވަރީ 29 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައެވެ. އަންދާސި ހިސާބު ހުށަހަޅާނީ މި އިދާރާއިން ދޭ އަންދާސީ ހިސާބު ހުށަހަޅާ ފޯމުންނެވެ. އަދި އަންދާސީހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ހަމައެހެންމެ އަންދާސީހިސާބު ބަލައިގަތުމަށްފަހު ހަމަ އެގަޑީގައި އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި އަންދާސީހިސާބު ކެނޑުން ބޭއްވޭނެއެވެ. އަދި ކަނޑައެޅިފައިވާ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަށްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަމިއްލަ ވިޔަފާރި ނުވަތަ ކުންފުނި ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެވާހަކަ މިފުރުސަތުގައި ދެންނެވީމެވެ.

                 މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

        13 ޖުމާދުލްއޫލާ 1441

      08 ޖަނަވަރީ 2020

08 ޖަނަވަރީ 2020
ހޯދާ