މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ އެލާމް ސިސްޓަމެއް ހޯދުމާއި ބެހޭ

އިޢުލާނު

     

ސެކިއުރިޓީ އެލާމް ސިސްޓަމެއް ހޯދުމާއި ބެހޭ

މިއިދާރާގައި ސެކިއުރިޓީ އެލާމް ސިސްޓަމެއް ޤާއިމް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު: (IUL)366/2019/46 އިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ދުރުވެފައިވަނީ އެއްފަރާތުން ކަމުގައިވާތީ އެއިއުލާނު ބާތިލްކޮށް އަލުން އެކަމަށް ކުރިމަތި ލުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި މިދަންނަވާ ގަޑިތަކުގައި މިއިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން މިއިދާރާއަށް އަންގަންވާނެއެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

ތަފްޞީލް

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ސާފުކޮށްދިނުން

14 ޖެނުއަރީ 2020  އަންގާރަ

11:00

މ.ނާލާފުށީ ކައުންސިލް

އަންދާސީ ހިސާބު ބަލައިގަތުން

19 ޖެނުއަރީ 2020  އާދީއްތަ

11:00

މ.ނާލާފުށީ ކައުންސިލް

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

08 ޖަނަވަރީ 2020
ހޯދާ