ދިވެހިރާއްޖެ
އިޢުލާން
ޕްރީސްކޫލުގެ ވޯކްވޭތަކާއި ޕްލޭ އޭރިޔާގެ މަސައްކަތް ކުރުން
މި އިދާރާގެ ނަންބަރު: (IUL)305-CA305/305/2019/118 (17 ޑިސެމްބަރ 2019) ޢިއުލާނުގެ މަޢުލޫމާތު ފުރިހަމަ ނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރީމެވެ.
މިކައުންސިލުން ދޭ ކުރެހުމާއި އެއްގޮތަށް މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ މާކުރަތު ޕްރީ ސްކޫލުގެ ވޯކުވޭތަކާއި ޕްލޭ އޭރިޔާތަކުގެ ގާފޮޅުތައް ރޭނުމާއި، އިށިއިންނަ ގޮޑިތައް ހެދުމުގެ މަސައްކަތް ކުރުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 14 ޖެނަވަރީ 2020 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ށް މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ޖަނަވަރީ 2020 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރު: 18/2014 ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
13 ޖުމާދަލްއޫލާ 1441