ދިވެހިރާއްޖެ
އިޢުލާން
ޤާނޫން ނަންބަރ 2019/20 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއި ގުޅޭ
ޤާނޫން ނަންބަރ 2019/20 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެންއުމުގެ ޤާނޫނަށް 4 ޖަނަވަރީ 2020 ގައި ޢަމަލުކުރަން ފެށުމާއެކު، ތިރީގައިވާ ހުއްދަތައް ދޫކުރަން ހުއްޓާލެވިފައިވާ ކަމަށާއި، އަދި އެ ހުއްދަތަކުގެ މަހުފީ ބަލައިގަތުންވެސް ހުއްޓާލެވިފައިވާކަން ބަޔާންކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގެ ނަންބަރ (IUL)101-BR/1/2020/1 (5 ޖަނަވަރީ 2020) ގެ އިޢުލާން އާންމުކޮށްފައިވާ ވާހަކަ ދަންނަވަމެވެ.
- އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ހުއްދަ
- ސައިހޮޓާ ހިންގުމުގެ ހުއްދަ
- ރެސްޓޯރަންޓް ހިންގުމުގެ ހުއްދަ
- ކެންޓީން ހިންގުމުގެ ހުއްދަ
ވީމާ، މަތީގައި ދެންނެވިފައިވާ ހުއްދަތަކުގެ މަހުފީ މިކައުންސިލަށް ބަލައިގަތުން ހުއްޓާލެވިފައިވާ ވާހަކަ ދެންނެވީމެވެ. އަދި 1 ޖަނަވަރީ 2020 ން ފެށިގެން ކުރިޔަށް ހުރި މަސްތަކަށް މިހާތަނަށް މަހުފީ ދައްކާފައިވާ ފަރާތްތަކަށް އެ ފައިސާ އަނބުރާ ރައްދުކުރުމުގެ މަސައްކަތް މިކައުންސިލުން ކުރިއަށް ގެންދާ ވާހަކަ ދަންނަވަމެވެ. އަދި ފައިސާ ހަވާލުކުރުމަށް މިކައުންސިލްގެ ފަރާތުން ފައިސާ ދެއްކި ފަރާތަށް ގުޅުއްވަމުން ގެންދާނެ ވާހަކަވެސް ދަންނަވަނެވެ. އަދި މި އިޢުލާނާއުއެކު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގެ ނަންބަރ (IUL)101-BR/1/2020/1 (5 ޖަނަވަރީ 2020) ގެ އިޢުލާން ޢާންމު ކުރެވިފައިވާ ވާހަކަވެސް ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
12 ޖުމާދުލްޢޫލާ 1441