ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) އަށް އިސްލާޙު ހުށަހެޅުމުގެ ފުރުޞަތު

ޤާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) އަށް

ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު

5/2019 (ޤާނޫނީ ފަންނުގެ ޤާނޫނު) ގައި ހުރި ބައެއް މާއްދާތައް ތަންފީޒުކުރެވިއްޖެނަމަ، ދައުލަތުގެ ބައެއް މުއައްސަސާތަކުން ދެމުން އަންނަ ޚިދުމަތްތަކަށާއި، އެ ޚިދުމަތްތަކަށް އެދޭ ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ތަފާތު ދަތިތައް ކުރިމަތިވާނޭ ކަމުގެ ޝަކުވާ ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ލިބެމުން އަންނާތީ، މި ޤާނޫނުގެ މާއްދާތައް ތަންފީޒުކުރުމުގައި ހުރި ދަތިތައް އިތުރަށް ދެނެގަނެ، އެ މާއްދާތަކަށް ބޭނުންވާ އިސްލާޙުތައް ވީ އެންމެ އަވަސް ފުރުޞަތެއްގައި ގެނައުމަށް ވަނީ ޤަސްދުކުރެވިފައެވެ.

އެހެންކަމުން، ޤާނޫނީ ފަންނުގެ ޤާނޫނުގެ އެއްވެސް މާއްދާއަކަށް އެއްވެސް ފަރާތަކުން އެއްވެސް ޚިޔާލެއް ހުށަހަޅަން ބޭނުންވާނަމަ، އަންނަނިވި ގޮތަށް ބާ ކައުންސިލަށް ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.  

ފޮނުވަންޖެހޭ އެޑްރެސް:

[email protected]

ސުންގަޑި:

22 ޖެނުއަރީ 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން

08 ޖަނަވަރީ 2020
ހޯދާ