ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުން

                                                 އިއުލާން

 

އަންދާސީ ހިސާބު ހުށައެޅުމުގެ ދައުވަތު

ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުޔަށް ހިފުން:

މިސްކޫލުގެ GS103/IUL/2019/37 ނަމްބަރ އިއުލާނާއި ގުޅިގެން ހުށައެޅި ބިޑްތަކުގެ ތެރެއިން ބައެއް ބިޑްތަކުގެ ޝަރުތު ހަމަ ނުވާތީ އެއިއުލާނު ބާތިލްކޮށް ދެވަނަ ފަހަރަށް އިއުލާނު ކުރަމެވެ.

ވީމާ، މިސްކޫލުން ދެއްވާ މައުލޫމާތާއި އެއްގޮތަށް 2020 ވަނަ އަހަރަށް މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް 2 ކޮޓަރި، ސިޓިންރޫމް، ބަދިގެ އަދި ކާގެ އެކުލެވިގެންވާ ގެއެއް ކުއްޔަށް ދޭންބޭނުންވާ ފަރާތްތަކުން 9 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ޖެނުއަރީ 2020 ވާ ބުދަ ދުވަހުގެ 10:00 އަށް ސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

           މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނުދެވޭނެކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއި މައުލޫމާތު ސާފުކުރާ ފަރާތުގެ އައި.ޑީ.ކާރޑް ކޮޕީ އާއިއެކު ބޭފުޅަކު ފޮނުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރަން ދުރުވާ ބޭފުޅެއްގެ އައި.ޑީ.ކާރޑްގެ އަސްލު ގެންނެވުން އެދެމެވެ.

           ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާނު ކުރީމެވެ.

 

                  

                                     07    ޖެނުއަރީ     2020     

 

07 ޖަނަވަރީ 2020
ހޯދާ