ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ށ.މިލަންދޫގައި ހުރި ތެޔޮ ތާނގީ ބަދަލުކުރުމުގެ މަސައްކަތާއި ގުޅޭ:

ނަންބަރު:FNK-I/IUL/2020/005

އިޢުލާން

ށ.މިލަންދޫގައި ހުރި ތެޔޮ ތާނގީ ބަދަލުކުރުމުގެ މަސައްކަތާއި ގުޅޭ:

 

      މިކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ށ.މިލަންދޫގައި ބަނދެފައިހުރި ތެޔޮ ތާނގީއެއް މިހާރު ހުރި ސަރަޙައްދުން އެހެން ސަރަޙައްދަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: FNK-I/IUL/2019/288 އިއުލާނަށް އެކަށީގެންވާވަރަށް ތަރުހީބް ލިބިފައި ނުވާތީ އަލުން މި ފުރުސަތު ހުޅުވާލަމެވެ.

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތައް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

08 އިން 12 ޖަނަވަރީ 2020

09:00 އިން 14:00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

14 ޖަނަވަރީ 2020

14:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

16 ޖަނަވަރީ 2020

13:00 ހެނދުނު

      މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ކުރެހުން އަދި ބީ.އޯ.ކިޔު ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެކަމުގައި ދަންނަވަމެވެ.

      ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

07 ޖަނަވަރީ 2020

07 ޖަނަވަރީ 2020
ހޯދާ