މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
"ތިމާވެށި 2" ސްޕީޑް ބޯޓު މެއިންޓެއިން ކޮށް އޮޕަރޭޓް ކުރާނެ ފަރާތެއް ހޯދުމަށް – ފުރަތަމަ އިޢުލާން

ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ގްރާންޓް ނަމްބަރ: D199-MV

 

"ތިމާވެށި 2"  ސްޕީޑް ބޯޓު މެއިންޓެއިން ކޮށް އޮޕަރޭޓް ކުރާނެ ފަރާތެއް ހޯދުމަށް  – ފުރަތަމަ އިޢުލާން

 

ނަމްބަރު: IUL)438-MCEP/438/2020/8)                                       ތާރީޚް: 7 ޖަނަވަރީ 2020

 

ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ (އެމް.އީ. ސީ. ޕީ) ދަށުން "ތިމާވެށި 2" ސްޕީޑްބޯޓް  މެއިންޓެއިން ކޮށް އޮޕަރޭޓް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝަރުތު ހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލްކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުޅަހެޅުމުގެ ދަޢުވަތު އަރުވަމެވެ. 

މަޢުލޫމާތު ސާފުކުރުން

މި މަސައކަތާއި ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ "ޓަރމްސް އޮފް ރެފަރެނެސް" ގެޒެޓުގައި ޝާޢިއު ކުރެވިފައިވާނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ގެޒެޓް ކުރާ ތާރީޙުން ފެށިގެން އިން 2020 ޖަނަވަރީ 16 އާއި ދެމެދު  މި މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ  [email protected]އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވ

 

އަގު ހުށަހެޅުން އޮންނާނީ 2020ޖަނަވަރީ 19 ވާ އާދީއްތަ ދުވަހު 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަގުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަގުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތައް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި އަގު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތައް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 ޖަނަވަރީ 19 ވާ އާދީއްތަ ދުވަހު 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އަގު ހުށަހެޅުއްވުން އެދެމެވެ.

 

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، ދިވެހިރާއްޖެ.

ގުޅޭނެ ނަންބަރ: 3018451 960+

އީމެއިލް:  [email protected]

07 ޖަނަވަރީ 2020
ހޯދާ