ދިވެހިރާއްޖެ
އިޢުލާނު
މަޤާމް: އެސިސްޓެންޓް ހައުސްކީޕަރ
މަޤާމުގެ ނަންބަރު: J-254574
ބޭނުންވާ އަދަދު: 01 ( އެކެއް )
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެސް . އެސް 3
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 3
ވަޒީފާ އަދާކުރަން ޖެހޭ ތަން: ފ.އަތޮޅު ހޮސްޕިޓަލް
މުސާރަ: މަހަކު -/3875 ރުފިޔާ
ސަރވިސް އެލަވަންސް: -/1000 ރުފިޔާ
ސަޕޯޓިން ކޯ އެލަވަންސް: -/1200 ރުފިޔާ
އެހެނިހެން އެލަވަންސް:
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް .
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ހޮސްޕިޓަލުން ކަނޑައަޅާ އިމާތްރާތްތަކާއި ކުއްޔަށް ހިފާފައިހުންނަ ގެތަކުގެ ފަންކާތަކާއި ހޮޅިބުރިތަކާއި ފެންލައިޓް އަދި ބިއްލޫރި ފަދަ ތަކެތި މަސައްކަތު މީހުން ލައްވާ ސާފުކޮށް ބެލެހެއްޓުން
- ހޮސްޕިޓަލާއި ، ހޮސްޕިޓަލުން ކުއްޔަށް ހިފާފައި ހުންނަ އިމާރާތްތަކުގެ އިންވެންޓްރީ ބެލެހެއްޓުން
- ހޮސްޕިޓަލުގެ އިމާރާތް ތަކުގެ ސާފުތާހިރުކަށް ބެލެހެއްޓުން
- ކޮންޓްރެކްޓް އުސޫލުން ހޮސްޕިޓަލުގެ ކުނިކަހާ ފޮޅާ ސާފުކުރާ ފަރާތުގެ މަސައްކަތް ސްޕަވައިޒުކުރުން
- ހޮސްޕިޓަލުގެ ވާރޭފެން ތާންގީތަކަށް ވާރޭވެހޭ ނަމަ މަސައްކަތު މީހުން ލައްވާ ފުރާޅު ސާފުކޮށްގެން ފެންނަގައި ރައްކާތެރިކޮށް ބެލެހެއްޓުން.
- ހޮސްޕިޓަލާއި ހޮސްޕިޓަލުން ކުއްޔަށް ހިފާފައި ހުންނަގެތަކުގެ ދޮރުފޮތިތަކާއި ސޯފާ ސެޓްގެ ފޮތިތައް ލޯންޑްރީއާއި ހަވާލުކޮށް ދޮވެ ޤަވައިދުން ބެލެހެއްޓުން.
- ހޮސްޕިޓަލުން ހިންގޭ ތަފާތު އެކިއެކި ޕްރޮގުރާމްތައް ހިންގުމުގައި ބައިވެރިވެ އެހީތެރިވުން.
- މަސައްކަތު މީހުން ލައްވާ މަސައްކަތް ކުރުވުމާއި ، އެމީހުންގެ މަސައްކަތް ސްޕަވައިޒުކުރުން
- މަތީގައިވާ ކަންތަކުގެ އިތުރުންވެސް ހޮސްޕިޓަލުން އަންގާ ހޮސްޕިޓަލްގެ މަސައްކަތްތައް ކުރުން
މަޤާމުގެ ޝަރުޠުތައް:
1- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
ނުވަތަ
2- ގްރޭޑް 7 ނިންމާފައިވުން
ގުޅޭ ވަޒީފާގެ ދާއިރާތައް
ފޮޅާ ސާފުކުރުން
ހައުސްކީޕިން
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކޮށްފައިވާސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު(މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިހޮސްޕިޓަލް އޮފީހުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓް ކޮޕީ .
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ، ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
ތަޢުލީމާ ، ތަޖުރިބާ
އިންޓަވިއު
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ޖެނުއަރީ 2020 ވަނަ ދުވަހުގެ 12:00ގެ ކުރިން، ފ. އަތޮޅު ހޮސްޕިޓަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މިހޮސްޕިޓަލްގެ އީމެއިލް faafu.hospital@gmail މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 20 ޖެނުއަރީ 2020 އާއި 25 ޖެނުއަރީ 2020 އާ ދެމެދު،ފ. އަތޮޅު ހޮސްޕިޓަލު ގައެވެ.
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ފޯމް ) އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ފޯމް ) " މިއިދާރާގެ ނޯޓިސްބޯޑުގައި އާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 05 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740086 ނަންބަރ ފޯނަށެވެ.
12 ޖުމާދަލްއޫލާ 1441
07 ޖެނުއަރީ 2020