ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ: 331/331/2020/2(IUL)
އިޢުލާން
އިންޓަރނެޓް އަދި ކޭބަލްޓީވީގެ ޚިދުމަތް ދިނުމަށްޓަކައި ބިމެއް ކުއްޔަށް ދިނުމާބެހޭ
އިންޓަރނެޓް އަދި ކޭބަލްޓީވީގެ ޚިދުމަތް ދިނުމަށްޓަކައި 400 އަކަފޫޓްގެ ބިމެއް ކުއްޔަށް ދިނުމަށް ބޭނުންވެގެން މިކައުންސިލުން ކުރި ނަމްބަރ: 331/331/2019/60(IUL) އިޢުލާން އާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިބިން 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަތަކުން 13 ޖަނަވަރީ 2020 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގައި ބާއްވާ މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 21 ޖަނަވަރީ 2020 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ބިން ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ފޯމް ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.