ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެވެރިން ހޯދުމާއި ގުޅޭ

ނަންބަރު: (IUL)399-MS/399/2020/1

 

 

އިޢުލާން

 

ރުއްގަހުގެ ވެރިން ހޯދުމަށް

 

             މިރަށު މަތިމަރަދޫ އަވަށު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި މި އިދާރާއިން A-01 ން A-18 ށް، ނަންބަރު ޖަހާފައިވާ އެކިވަރުގެ ރުއްގަހުގެ ވެރިން ހޯދަން ބޭނުންވެއްޖެއެވެ.

              ވީމާ، މަތީގައި ދެންނެވިފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިން މި އިދާރާއަށް ދުރުވެ ރުއްގަހުގެ ހިސާބު ހުށަހަޅާ ފޯމު ނަންގަވާ ފުރިހަމަކުރެއްވުމަށް ފަހު 13 ޖަނަވަރީ 2020 ވާ ހޯމަ  ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ރުއްގަހުގެ ހިސާބު ހުށަހަޅާ ފޯމު މި އިދާރާގެ ކައުންޓަރުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ން 14:00 ށް ލިބެން ހުންނާނެއެވެ. މީގެ އިތުރަށް ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ފޯމުތައް ބަލައި ނުގަންނާނެ ކަމުގައިވެސް ދެންނެވީމެވެ.     

                       

               11 ޖުމާދަލްއާޚިރު 1441ހ

              06 ޖަނަވަރީ     2020 މ

 

06 ޖަނަވަރީ 2020
ހޯދާ