ދިވެހިރާއްޖެ
މިރަށުގައި ހަދަންފަށާފައިވާ ފުޓްސެލް ދަނޑުގެ ނުނިމިހުރި މަސައްކަތް ތަކުގެ ތެރެއިން ބައެއް މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި އިދާރައިގެ ނަންބަރު: (IUL)347/347/2019/73 އިޢުލާނާއި ގުޅިން ދީފައިވާ މަޢުލޫމާތުގައިވާ މަސައްކަތްތަކަށް ބަދަލު އައިސްފައިވާތީ، އެ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާޠިލްކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް، މިހާރު ހަދަން ފަށާފައިވާ ފުޓްސެލް ދަނޑު ސާފުކޮށް އެތަނަށް ފަސްއަޅާ ފަސްގަނޑު ހަރުކުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
މި މަސައްކަތާބެހޭގޮތުން މަޢުލޫމާތު ދިނުމަށާއި ތަން ބެލުމަށް ބާއްވާ ބައްދަލުވުމެއް 2020 ޖެނުއަރީ 15 ވާ ބުދަ ދުވަހުގެ 10:30 ގައި މި އިދާރާގައި އޮންނާނެއެވެ.
މި މަސައްކަތަށް ބިޑު ހުށަހެޅޭނީ އެކަމަށް އެދި މި އިދާރާގައި ރަޖިސްޓްރީ ކުރާފަރާތްތަކަށެވެ.
ބިޑްހުށަހެޅުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށް ގެންދާނީ 2020 ޖެނުއަރީ 09 އިން 2020 ޖެނުއަރީ 14 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ. ރަޖިސްޓްރީ ކުރަން އެދޭފަރާތްތަކުން މި އިދާރާއަށް ދުރުވެ ނުވަތަ މި އިދާރައިގެ ނަންބަރު 6680633 ނުވަތަ 6680056 ފޯނަށް ގުޅުއްވަގައިގެން ކުރިޔަށް ގެންދެވުން އެދެމެވެ.
ބިޑްހުށަހެޅުމާއި ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 ޖެނުއަރީ 21 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި އދ. ހަންޏާމީދޫ ކައުންސިލްގެ އިދާރާގަ އެވެ.