މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ ސިއްހީމަރުކަޒުތަކުގެ ތެރެއިން ލެވެލް 2 އަދި 3 ގެ އިމާރާތައް ޑިޒައިންކޮށް ކުރެހުންތަކާއި ބީ.އޯ.ކިޔު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

  އިޢުލާން

 

 މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ ސިއްހީމަރުކަޒުތަކުގެ ތެރެއިން ލެވެލް 2 އަދި 3 ގެ އިމާރާތައް ޑިޒައިންކޮށް ކުރެހުންތަކާއި ބީ.އޯ.ކިޔު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 07 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުން ފެށިގެން 08 ޖަނަވަރީ 2020 ވާ ބުދަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަދި 09 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހު ހެނދުނުު 09:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 12 ޖަނަވަރީ 2020 ވާ އާދިއްތަ ދުވަހު ހެނދުނުު 11:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

11 ޖުމާދަލްއޫލާ 1441

06 ޖަނަވަރީ 2020
ހޯދާ