|
މަޤާމް:
|
ފިޒިއޮތެރަޕިސްޓް
|
|
މަޤާމުގެ ނަންބަރު:
|
J-301966
|
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކް:
|
އެމް.އެސް. 2
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ފިޒިއޮތެރަޕީ ޑިޕާރޓްމަންޓް / އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / މާލެ
|
|
މުސާރަ:
|
މަހަކު -/6295 ރުފިޔާ
|
|
ސަރވިސް އެލެވަންސް:
|
މަހަކު -/2500 ރުފިޔާ
|
|
ރިސްކް އެލެވަންސް:
ޓެކްނިކަލް ކޯ އެލަވަންސް:
|
-/100 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)
މުސާރައިގެ %28
|
|
އެހެނިހެން އެލަވަންސް:
|
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
|
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ފަރުވާދޭ ބަލިމީހާގެ ބައްޔާބެހޭގޮތުގެ މައުލޫމާތު އަހާ އޮޅުންފިލުވުމަށްފަހު އެސެސްމެންޓް ފޯމްފުރުމާއި، ދެމެހެއްޓެނެވި ގޮތެއްގައި ބަލިމީގެ ހާލަތު މުރާޖައާކޮށް، ފަރުވާ ފަރުވާކުރިއަށްދާގޮތާއި ބަލިމީހާއަށް އަންނަ ބަދަލުތައް ރިކޯޑްކޮށް ފައިލްކުރުން.
- ފަރުވާދިނުމުގައި ބަލިމީހާގެ ހާލަތަށް އެންމެ އެކަށޭނަ ފިޒިއޮތެރަޕީގެ ފަރުވާ ޚިޔާރުކޮށް ރޭވުމަށްފަހު، ފަރުވާތެރިކަމާ އޯގާތެރިކަމާއެކު އެ ފަރުވާއެއް ބަލިމީހާއަށް ފޯރުކޮށްދިނުން، އަދި ރޭވިފައިވާ ފަރުވާ ކުރިއަށް ގެންދިއުމުގައި ބަލިމީހާ ރަނގަޅުވަމުންދާ މިންވަރުބަލައި ގެންނަންޖެހޭ ބަދަލުތައް ގެނައުން.
- ފަރުވާއާއި ގުޅޭގޮތުން ބަލިމީހާއަށް ނުވަތަ އޭނާގެ އެހީތެރިއަކަށް ގޭގައި ކުރިއަށް ގެންދަންޖެހޭނެ ކަންތައްތަކާއިބެހޭ މައުލޫމާތުދީ ދަސްކޮށްދިނުމާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތަކެށް ހުރިނަމަ އެކަންކަމާ ބެހޭގޮތުން ލަފަޔަޔާއި އިރުޝާދު ދިނުން. އަދި މިފަދަ މައުލޫމާތު ލިޔުމަކުން ޖޭންޖެހޭ ހާލަތްތަކުގައި އެލިޔުންތައް ތައްޔާރުކޮށް ބަލިމީހާއި ހަވާލުކުރުން.
- ބަލިމީހާއަށް ފަރުވާދޭން ބޭނުންކުރާ ތަކެތި ތައްޔާރުކުރުމާއި ފަރުވާދިނުމުން އެތަކެތި ތަރުތީބުކޮށް ދެންއަންނަ ބަލިމީހަކަށް ތައްޔާރަށް ބެހެއްޓުން.
- ބަލިމީހާއަށް ފަރުވާދޭ އެހެން ޞިއްޙީ ޚިދުމަތްތެރިންނާއި ގުޅިގެން މަސައްކަތް ކުރުމާއި، ރިފަރކުރަންޖެހޭ ހާލަތްތަކުގައި ރިފަރކުރުން.
- ފަރުވާދޭއިރު ބަލިމީހާއި ތިމާގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް ވިސްނުން އަދި ހުރިހާ ވަގުތެއްގައިވެސް ތިމާގެ ސްކޯޕް އޮފް ޕްރެކްޓިސްގެ ހުދޫދުންބޭރުނުވެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުން.
|
|
މަޤާމުގެ ޝަރުތުތައް:
|
ފިޒިއޮތެރަޕީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިހޮސްޕިޓަލުގެ ވެބްސައިޓުންނާއި މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ރިސެޕްޝަން ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ގައުމީ ނުވަތަ ބައިނަލް އަގްވާމީ ޖަމްއިއްޔާ / ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
ކަނޑައަޅާފައިވާ ގަވައިދު ތަކާއި އުސޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މި ހޮސްޕިޓަލުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
|
|
|
މަޤާމަށް ޢައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅިސް ފަހެއް) އިންސައްތަވުރެ މަތިވާންޖެހޭނެއެވެ.
|
ސަޕޯޓް އޮފިސަރ (އެމް. އެސް2)
|
|
ދާއިރާ
|
ބެލޭނެ ބައިތައް
|
މާކްސް
|
އިންސައްތަ
|
ކެޓެގަރީގެ ޖުމްލަ އިންސައްތަ (%)
|
|
ތަޢުލީމާއި ތަމްރީން
|
ލިބިފައިވާ ތަޢުލީމު
|
80
|
35
|
40
|
|
މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު
|
30
|
5
|
|
އިމްތިޙާން
|
"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"
|
12
|
5
|
5
|
|
މަސައްކަތު ތަޖުރިބާ
|
މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ
|
23
|
15
|
15
|
|
ލިބިފައިވާ ހުނަރު
|
އިންޓަރވިއު /ޕްރެޒެންޓޭޝަން /ޕްރެކްޓިކަލްސް
|
100
|
40
|
40
|
|
ޖުމްލަ
|
245
|
100
|
100
|
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
ޝޯޓް ލިސްޓްކުރުން:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުގެ 13.30 ގެ ކުރިން، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްކުރައްވާނަމަ ކުރައްވާނީ[email protected] އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 15 ޖަނަވަރީ 2020 އާއި 30 ޖަނަވަރީ 2020 އާއި ދެމެދު، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ.
|
|
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓްލިބުނު ގޮތުގެ ޝީޓް (އޭ2 ފޯމް) އާންމުކުރުން
|
އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (އޭ2 ފޯމް)" އާއްމުކޮށް ފެންނާނޭހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ އޭ2 ފޯމް އާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަން ވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 ނަންބަރު ފޯނަށް، ނުވަތަ 3335343 ނަންބަރު ފޯން އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|
|
|
11 ޖުމާދަލްއޫލާ 1441
06 ޖަނަވަރީ 2020
|