ދިވެހިރާއްޖެ
މަޤާމް:ޑިރެކްޓަރ - އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް
މަޤާމުގެ ބާވަތް: ދާއިމީ
އަދަދު: 01
މުސާރަ: 10,500ރ.
ޢިނާޔަތް:
ސަރވިސް އެލަވަންސް: 2000ރ
ނޮން-ޕްރެކްޓިސް އެލަވަންސް: މުސާރައިގެ %45
މަޤާމުގެ މަސްއޫލިއްޔަތު: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިދާރީ ހިންގުމާއި، މުވައްޒަފުންގެ ކަންތައްތަކާއި، ފައިސާއާބެހޭ މަސައްކަތްތަކާއި، އަދި އިންފޮމޭޝަން ޓެކްނޮލޮޖީއާގުޅޭ އެންމެހާ ކަންތައްތައް އިސްވެރިއެއްގެ ޙައިޞިއްޔަތުން ރާވައި ބެލެހެއްޓުން.
ފެންވަރު ނުވަތަ ޝަރުތު:
- އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ޑިގްރީ ޙާޞިލް ކުރައްވާފައިވުމާއިއެކު، ސަރުކާރުގެ އޮފީހެއްގެ އިދާރީ ހިންގުމުގެ މަސައްކަތް އަދި ފައިސާއާގުޅޭ އެންމެހާ ކަންތައްތައް، އިސްވެރިއެއްގެ ޙައިޞިއްޔަތުން ރާވައި ބެލެހެއްޓުމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ހިންގުމުގެ ދާއިރާއިން ޑިގްރީ ޙާޞިލް ކުރައްވާފައިވުމަށްފަހު، ސަރުކާރުގެ އޮފީހެއްގެ އިދާރީ ހިންގުމުގެ މަސައްކަތް އަދި ފައިސާއާގުޅޭ އެންމެހާ ކަންތައްތައް، އިސްވެރިއެއްގެ ޙައިޞިއްޔަތުން ރާވައި ބެލެހެއްޓުމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ހިންގުމުގެ ދާއިރާއިން ނުވަތަ ފައިނޭންސް ދާއިރާއިން ޑިޕްލޮމާއެއް ޙާޞިލް ކުރެއްވުމަށްފަހު ސަރުކާރުގެ އޮފީހެއްގެ އިދާރީ ހިންގުމުގެ މަސައްކަތް އަދި ފައިސާއާގުޅޭ އެންމެހާ ކަންތައްތައް، އިސްވެރިއެއްގެ ޙައިޞިއްޔަތުން ރާވައި ބެލެހެއްޓުމުގައި މަދުވެގެން 5 އަހަރު ދުވަހު މަސައްކަތް ކުރައްވާފައިވުން.
- އެއްވެސް އިރެއްގައި ޚިޔާނާތާއި، ވައްކަމާއި، ޓެކުމާއި މިބާވަތުގެ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
ނޯޓް: މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުތުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.
މަސައްކަތްކުރަންޖެހޭތަން: މިމަޤާމަށް ހޮވޭ ފަރާތުން މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 14 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން މި ޓްރައިބިއުނަލްގެ ވަޒީފާއަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު (ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
- މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.
- މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.
- މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން.
މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3307701 އަށް ގުޅުއްވުން އެދެމެވެ.