ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބިން ބަދަލުކުރުމުގެ އުޞޫލު
c
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
މާމެންދޫ
ދިވެހިރާއްޖެ
އެކިއެކި ބޮޑެތި މަސައްކަތް ތަކަށާއި ކަންތައްތަކަށް ކައުންސިލުން ދޫކޮށްފައިވާ ބިންތަށް ދޫކޮށްފައިވާ ފަރާތްނޫން އެހެންފަރާތަކަށް އެބިން ބަދަލުކުރުމުގެ އުޞޫލް
މިއުޞޫލަކީ އެކިއެކި ބޮޑެތި މަސައްކަތް ތަކަށާއި ކަންތައްތަކަށް ކައުންސިލުން ދޫކޮށްފައިވާ ބިންތަށް ދޫކޮށްފައިވާ ފަރާތްނޫން އެހެންފަރާތަކަށް ބިން ބަދަލުކުރުމަށް މާމެންދޫ ކައުންސިލުން އެކުލަވާލާފައިވާ އުޞޫލެކެވެ.
- މިއުޞޫލުގެ ދަށުން ބިންބަދަލު ކުރެވޭނީ ބިންދޫކޮށްފައިވާ ފަރާތާއި، ބިމާ ހަވާލުވާފަރާތާއި ދެފަރާތުން އެކަމަށް އެދި ކައުންސިލަށް ހުށަހެޅުމުންނެވެ.
- ބިންބަދަލު ކުރުމަށްފަހު އަލަށް ޙަވާލުވާފަރާތާއިއެކު އެބަސްވުމެއް އެކުލަވާލެވޭނެއެވެ.
- ބިންބަދަލު ކުރުމުން ކުރިން އެކުލަވާލާފައިވާ އެއްބަސްވުން އެހިސާބުން ބާތިލް ވާނެއެވެ.
- އަލަށް އެކުލަވާލާ އެއްބަސްވުމުގެ މުދަތުހަމަވާ ތާރީޚަކީ ކުރީގެ އެއްބަސްވުމުގައިވެސް މުދަތު ހަމަވާ ތާރީޚެވެ.
- ބިންބަދަލުކުރާއިރު ކުރީގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އަގު، މިހާރު ބިންދޫކުރުމަށް ހަމަޖެހިފައިވާ އެއްމެ ކުޑައަގު ކަމުގައިވާ އަކަފޫޓަކަށް 60 ލާރި އަށްވުރެ ކުޑަކަމުގައިވާނަމަ އެއަގު 60 ލާރި އަށް ބަދަލު ގެނެވޭނެއެވެ.
- މިއުޞޫލުގެ ދަށުން ބިންބަދަލު ކުރެވޭނީ ބިމަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެފައިސާ ދައްކާ ހަލާސް ކުރުމުންނެވެ.
- ބިމާހަވާލުވާ ފަރާތަކީ އެބިމުގައި ކުރުމަށް ހުއްދަ ދޫކުރެވިފައިވާ ބާވަތުގެ މަސައްކަތްކުރުމަށް ޓަކައި އެހެންބިމެއް އޮންނަ ފަރާތަކަށްވެގެން ނުވާނެއެވެ.
- މިއުޞޫލްގެ ދަށުން ބިންބަދަލު ކުރެވޭނީ ބިމުގެ އެއްބަސްވުން އެކުލަވާލާ ތާރީޚުން ފެށިގެން ހަމަސްދުވަސް ހަމަވެފައިވާ ބިންތަކެވެ. މީގެ އިތުރުން މިއުޞޫލްގެ ދަށުން ވެރިފަރާތް ބަދަލުކޮށްފައިވާ ބިމަކަށްވެސް، ވެރިފަރާތް އަލުންބަދަލުކުރެވޭނީ އަލުން އެއބަސްވުން އެކުލަވާލާ ތާރީޙުން ފެށިގެން ހަމަސް ހަމަވުމުންނެވެ.
- ބިން ބަދަލު ކުރުމަށް އިދާރީ ފީއެއްގެ ގޮތުގައި -/500ރ (ފަސްސަތޭކަ ) ރުފިޔާ ނެގޭނެއެވެ.
- މިއުޞޫލަށް އަމަލުކުރަން ފަށާ ތާރީޙަކީ 01 ޖަނަވަރީ 2020 އިން ފެށިގެންނެވެ.
- މި އުސޫލު ވަނީ ކައުންސިލުގެ 2019 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 57 ވަނަ ޖަލްސާއިން ފާސްކޮށްފައެވެ.
31 ޑިސެމްބަރ 2019
# |
ނަން |
މަޤާމް |
ސޮއި |
1 |
ޢަބްދުލް މުޙްސިން މުޙައްމަދު |
ކައުންސިލްގެ ރައީސް |
|
2 |
ޙުސައިން ޙަބީބު ޢަލީ |
ކައުންސިލްގެ ނައިބުރައީސް |
|
3 |
ޔޫސުފް ޢިރްފާން |
ކައުންސިލަރ |
|
31 ޑިސެންބަރު 2019
ހޯދާ