އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އދ. މާމިގިލީ ޞިއްޙީމަރުކަޒުގެ މަސައްކަތު

 

އިޢުލާނު

މަޤާމް:

 

މަސައްކަތު

މަޤަމްގެ ނަމްބަރ:

J-254542

ބޭނުންވާ ޢަދަދު:

1

މަޤާމްގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް 1

މަޤާމްގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އދ.މާމިގިލީ ސިއްޙީ މަރުކަޒު، އދ.މާމިގިލި

މުސާރަ:

-/3100

ސަރވިސް އެލަވަންސް:

-/1000

އެހެނިހެން އެލަވަންސް:

  1. ސަޕޯރޓިންގ ކޯ އެލަވަންސް. ( މަހަކު -/1200 ރ )
  2. ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
  4. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާ.
  5. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:

 

  1. ޞިއްޙީމަރުކަޒުގެ ގޯތިތެރެ ، އަދި މަގުމަތި ވަށައިގެންވާ ސަރަހަދު  ކޮންމެ ދުވަހަކު ކުނިކަހާ ސާފްކުރުން
  2. ޞިއްޙީމަރުކަޒުގެ އިމާރާތުގެ އެތެރެ ކޮންމެ ދުވަހަކު ކުނިކަހާ މޮޕްލައި ސާފްކުރުން
  3. އިމާރަތުގެ ދޮރުތަކާއި، ދޮރުފަތްތައް އަދި ބިއްލޫރިތަކާއި ބިއްތަކުގައި ޖަހާފައިވާ މުށިތައް ހަފްތާއަކު 1 ފަހަރު ސާފްކުރުން،
  4. ޞިއްޙީމަރުކަޒުތެރޭގައިހުރި ފަޚާނާތައް ކޮންމެ ދުވަހަކު ސާފުކުރުން
  5. ބަލިމީހުން ބޭނުންކުރާ ބެޑްޝީޓް ،ތުވާލި ފަދަ ތަކެތި ދޮވެ އިސްތިރިކުރުން
  6. ޞިއްޙީމަރުކަޒުގައި ބޭނުންކުރާ ފަރުނީޗަރ، މެޝިނަރީސް ފަދަ ތަކެތި ފޮހެ ސާފްކޮށޤ ބެލެހެއްޓުން
  7. އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ލިޔެކިއުމާއި އެހެނިހެން ތަކެތި ގެންދިއުމާއި، ގެނައުން، އަދި ގަންނަންޖެހޭ ތަކެތި ހޯދުން
  8. ހަމަޖެހިފައި އޮންނަ އުސޫލުން ގައުމީ ދިދަނަގާ ތިރިކުރުން
  9. މީގެ އިތުރުން ހޮސްޕިޓަލުން އަންގާ ރަސްމީ މަސައްކަތްތައް ކުރުމާއި ، އެންމެން ގުޅިގެންކުރާ މަސައްކަތްތައް ކުރުމާއި އެހެންމީހުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން

މަޤާމުގެ ޝަރުޠު

 

ލިޔަންކިޔަން އެގުން

ނޯޓް:

   ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރެޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.

 

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

ތަޢުލީމާއި، ތަމްރީނަށް ބަލައިގެން (ލިބިފައިވާ ތަޢުލީމާޢި،މަގާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީނު)

 2-  މަސައްކަތުގެ ތަޖުރިބާ ބަލައިގެން ( މަގާމުގެ މަސައްކަތުގެ ދާއިރާއާއިގުޅޭ ތަޖުރިބާ )

 3-  ލިބިފައިވާ ހުނަރު (ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން)

ނޯޓް: މަގާމަށް އައްޔަން ކުރުމަށް ވަޒީފާއަށް އެދިފައިވާ މީހާއަށް ކުރައިޓީރިއާގެ ހުރިހާ ބަޔަކުން  ލިބުނު ޕޮއިންޓް ޖުމްލަ %35 ( ތިރީސް ފަހެއް ) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އދ.މާމިގިލީ ސިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-      ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ("ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުންތައް؛

(ހ)    މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓް.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓް.

6-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.

8-      މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުންތައް: 

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ޖަނަވަރީ 2020 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، އދ.މާމިގިލީ ސިއްޙީ މަރުކަޒުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2020 ޖަނަވަރީ މަހުގެ  14 އިން 23 އާއި ދެމެދު، އދ.މާމިގިލީ ސިއްޙީ މަރުކަޒުގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ވަޒީފާ އަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު) ޢާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު) ޢާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680851 އަށެވެ. އީ-މެއިލް ކުރާނީ      [email protected] އަށެވެ.  

05 ޖަނަވަރީ 2020
ހޯދާ