ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ކުނަހަންދޫ ކައުންސިލްގެ އިދާރާއިން ހަލާކުވެގެން ނަގާފައިވާ ބައު މުދާތަކެއް ނީލަމުގައި ވިއްކާލުން:

 

އިޢުލާން

 

ލ.ކުނަހަންދޫ ކައުންސިލްގެ އިދާރާއިން ހަލާކުވެގެން ނަގާފައިވާ ބައު މުދާތަކެއް ނީލަމުގައި ވިއްކާލުން:

 

މި ކައުންސިލުން ހަލާކުވެގެންނާއި ބާވެގެން ނެގިފައި ހުރި ތަކެތީގެ ނީލަން ކިޔުން 08 ޖެނުވަރީ 2020ވާ  ބުދަ ދުވަހުގެ ހަވީރު 4:00ގައި ކައުންސިލް އިދާރާގެ ގޯތިތެރޭގައި އޮންނާނެއެވެ. އަދި ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 03 ދުވަސް ތެރޭގައި އެތަކެތި ގެންދަވާ ނިންމަވަން ވާނެއެވެ. ނީލަމުން ނެންގެވި ތަކެތި 03ދުވަސް ތެރޭގައި ނުގެންދަވާ ނަމަ 3 ދުވަހުގެ ތެރޭގައި އެތަކެތި ނައްތާލެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

އަދި ދަންނަވަމެވެ. ނީލަމުން ނަންގަވާ ތަކެތީގެ ފައިސާ ނީލަން ނަންގަވާ ތާ ރަސްމީ 1 ދުވަސް ތެރޭގައި ދައްކަވާ ނިންމަވަން ވާނެއެވެ.

ވީމާ، މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހުގެ ހަމަޖެހިފައިވާ ގަޑިއަށް ކައުންސިލް ގޯތިތެރެއަށް ވަޑައިގެން ދެއްވުން އެދެމެވެ.

ވީމާ މިކަން ޢާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

                 10  ޖުމާދަލް އޫލާ 1441

                 05 ޖެނުވަރީ  2020 

05 ޖަނަވަރީ 2020
ހޯދާ