ދިވެހިރާއްޖެ
| 
 އިޢުލާނު 
  | 
||
| 
 ޕްރޮޖެކްޓް އޮފިސަރ  | 
 މަޤާމް:  | 
|
| 
 J-306226  | 
 މަޤާމުގެ ނަންބަރު:  | 
|
| 
 01  | 
 ބޭނުންވާ އަދަދު:  | 
|
| 
 ދާއިމީ  | 
 މަޤާމުގެ ގިންތި:  | 
|
| 
 އެމް. އެސް. 2  | 
 މަޤާމުގެ ރޭންކް:  | 
|
| 
 ޓެކްނިކަލް އޮފިސަރ ގްރޭޑް 2  | 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
|
| 
 ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ، ތ. ގުރައިދޫ  | 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
|
| 
 6,295.00 ރުފިޔާ  | 
 މުސާރަ:  | 
|
| 
 2000.00 ރުފިޔާ  | 
 ސަރވިސް އެލެވަންސް:  | 
|
| 
 1 . ޓެކްނިކަލް ކޯ އެލަވަންސް: އަސާސީ މުސާރައިގެ %28 (މި މަޤާމަށް ޓެކްނިކަލް ކޯ އެލަވަންސް ދެވޭ ތަޢުލީމީ ރޮނގުތަކަކީ؛ ޕްރޮޖެކްޓު މެނޭޖުމަންޓް އެވެ.) 2 . ސަޕޯޓިންގ ކޯ އެލަވަންސް: 900.00 ރުފިޔާ (މި އެލަވަންސް ދެވޭނީ "ޓެކްނިކަލް ކޯ އެލަވަންސް" ދިނުމަށް ކަނޑައަޅާފައިވާ ޝަރުޠުހަމަނުވާ ނަމައެވެ.) 3 . ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ ޢުސޫލުން އިތުރުގަޑީގެ ފައިސާ 4 . ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން 5 . ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ ޢުސޫލުން ބޭސްފަރުވާގެ ޚިދްމަތް 
  | 
 އެހެނިހެން އެލަވަންސް:  | 
|
| 
 1- ތަރައްޤީގެ މަޝްރޫޢުތައް ހިނގާގޮތް ބަލައި މޮނިޓަރ ކުރުން. 2- ތަރައްޤީގެ މަޝްރޫޢުތައް ރާވައި ކައުންސިލަރުންގެ މަޝްވަރާއާއިއެކު ހިންގުން. 3- ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމަށްފަހު، ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާ މަޝްރޫޢަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ޕްރޮޖެކްޓް ފައިނޭންޝަލް ޕްރޮޕޯސަލް ތައްޔާރުކޮށް ހުށަހަޅާ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދުމަށް މަސައްކަތް ކުރުން. 4- މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރުން. 5- އިވެލުއޭޓްކޮށް މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑަ އެޅުމުން، ހަމަޖެހިފައިވާ އުސޫލުގެ މަތިން އެއްބަސްވުން ތައްޔާރުކޮށް ލިޔެ އެފަރާތަކާއި މަސައްކަތް ހަވާލު ކުރުން. 6- މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބަލައި ދުވަހުގެ ރިޕޯޓް އަދި މަސް ނިމުމުން މަސްދުވަހުގެ ރިޕޯޓް ތައްޔާރުކޮށް ކައުންސިލަރުންނަށް ހުށަހެޅުން. 7- ތަންތަން ޢިމާރާތްކުރަނީ ޤަވާޢިދާއި އެއްގޮތަށްތޯ ބަލައި ޗެކްކުރުން، އަދި ޤަވާޢިދާއި އެއްގޮތަށް ނޫން ކަމަށް ވަނީނަމަ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 8- ޤަވާޢިދާއި ޚިލާފަށް ހުންނަ ފަރާތްތަކަށް ނަޞޭޙަތް ދިނުން، އިސްލާހު ނުވިނަމަ، އަޅަންޖެހޭ ފިޔަވަޅުތައް ކައުންސިލަރުންގެ މަޝްވަރާގެ މަތިން އެޅުން. 9- އެލް ޖީ އޭ ގެ ފަރާތުން ހިންގާ ޕީ އެސް އައި ޕީ ޕްރޮޖެކްޓްތައް ހިންގުމާއި ސަރުކާރާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ގުޅިގެން ވަކި ސެކްޝަނެއްގެ މަސައްކަތުގެ ތެރޭގައި ނުހިމެނޭ ޕްރޮޖެކްޓްތައް ހިންގުން. 10- މި އިދާރާގެ ވަކިވަކި ސެކްޝަންތަކުގެ މަސައްކަތާއި ގުޅުން ހުންނަ ޕްރޮޖެކްޓްތަކަށް ފަންޑިންގ ހަމަޖެހުމުން މަޝްރޫޢު މެނޭޖްކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓުމާއި އެފަދަ ޕްރޮޖެކްޓްތަކުގައި ހިމެނޭ ޙަރަކާތްތައް ހިންގުމަށް ކަމާއިގުޅޭ ސެކްޝަން / ޔުނިޓާއި ޙަވާލުކޮށް މަސައްކަތުގެ މަޤްޞަދު / ޓާގެޓް އަދި ބޭނުންވާ އެންމެހައި މަޢުލޫމާތު އެފަރާތާއި ޙިއްސާ ކުރުން. 11- ޔުނިޓަށް އަންނަ ސިޓީ، ފެކްސް އަދި އީ މެއިލް ފަދަ ތަކެތީގެ ތެރެއިން ސެކްޝަނުން ފިޔަވަޅުއަޅައި ޖަވާބު ދޭންޖެހޭ ސިޓީ އަދި ފެކްސް ފަދަ ތަކެއްޗަށް ޖަވާބު ދިނުމާއި މަސައްކަތާއި ގުޅޭ އެހެނިހެން އިދާރީ މަސައްކަތް ކުރުން.  | 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
|
| 
 1 . މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕްރޮޖެކްޓު މެނޭޖުމަންޓް) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. 
  | 
 މަޤާމުގެ ޝަރުޠު:  | 
|
 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕ (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.  | 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  | 
|
| 
 - ތަޢުލީމާއި ތަމްރީން %35 - އިމްތިޙާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން) %5 - މަސައްކަތުގެ ތަޖުރިބާ - ލިބިފައިވާ ހުނަރު (އިންޓަވިއު/އިމްތިހާން/ޕްރެޒެންޓޭޝަން) %45 - ވަޒީފާއަށް ހޮވޭ ފަރާތަށް މަދުވެގެން ލިބެންޖެހޭނެ ޖުމްލަ އިންސައްތައިގެ އަދަދު %55 
  | 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 
 
  | 
|
| 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ޖަނަވަރީ 13 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. 
  | 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
|
| 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
  | 
 ޝޯޓް ލިސްޓްކުރުން:  | 
|
| 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނީ، 2020 ޖަނަވަރީ 14 އާއި 2020 ޖަނަވަރީ 16 އާ ދެމެދު، ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ ގައެވެ. 
 
 
 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާ އަށް ކުރިމަތިލީ ފަރާތްތަކުން ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.  | 
 އިންޓަވިއު / އިމްތިޙާން / ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: 
 ''ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުގެ ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)'' އާންމުކުރުން: 
  | 
|
| 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780715، 9871747 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.  | 
 
  | 
|
