ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ފްރަންޓް އޭރިޔާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ:

މިއިދާރާގެ ފްރަންޓް އޭރިޔާ މަރާމާތުކޮށް އެތަނަށް ބޭނުންވާ ބައެއް ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިއިދާރަގެ ނަންބަރު (IUL)240-ADS/240/2019/48 (16 ޑިސެމްބަރ 2019) އިޢުލާނާއިގުޅިގެން އެއްވެސް ފަރާތަކުން ބީލަންހުށަހަޅާފައިނުވާތީ، އެއިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނުކުރީމެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ބީލަންވެރިން، އެފަރާތްތަކުން ރަޖިސްޓްރީވުމަށްޓަކައި މިއިދާރާއަށް ދައްކަންޖެހޭ -/200ރ (ދުއިސައްތަ ރުފިޔާ) ދެއްކެވުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަންވެރިން ރަޖިސްޓްރީކުރުން ކުރިއަށްދާނީ 31 ޑިސެމްބަރ 2019 އިން 09 ޖަނަވަރީ 2020 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށެވެ. ބީލަން ފޮތް މިއިދާރާގެ ވެބްސައިޓު www.laamu.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި މަސައްކަތުގެ ޕްރީ ބިޑް މީޓިން އަދި ބީލަން ހުށަހެޅުން ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާ ތާރީހް ތަކުގައެވެ.

 

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ގަޑި

ޕްރީބިޑް މީޓިންގ

އަތޮޅު ކައުންސިލްގެ އިދާރާ

09 ޖެނުއަރީ 2020

ބުރާސްފަތި

13:00

ބީލަން ހުށަހެޅުން

އަތޮޅު ކައުންސިލްގެ އިދާރާ

16 ޖެނުއަރީ 2020

ބުރާސްފަތި

11:00

 

މަޢުލޫމާތު ދިނުމުގެ ސެސަނަށާއި (ޕްރީބިޑް މީޓިންގ)، ބިޑް ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އެބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ.

31 ޑިސެންބަރު 2019
ހޯދާ